ކުޅިވަރު

ޕާކިސްތާން ބަލިކޮށް އިންގްލަންޑުން ޓީ20 ސީރީޒް ހަމަހަމަކޮށްފި


އިންގްލަންޑާއި ޕާކިސްތާންގެ މެދުގައި ކުޅުނު ޓީ ޓުވެންޓީގެ ހަވަނަ މެޗް އިންގްލަންޑް ކާމިޔާބުކޮށް ހަތް މެޗްގެ މި ސީރީޒް ހަމަހަމަކޮށްފި އެވެ.

ޕާކިސްތާނުގެ ލާހޫރުގައި ކުޅުނު މި މެޗް އިންގްލަންޑް ކާމިޔާބުކޮށްފައިވަނީ 8 ވިކެޓުންނެވެ.

މެޗްގައި ޓޮސް ދިމާވެގެން އިންގްލަންޑުން ނިންމީ އެންމެ ފުރަތަމަ ފީލްޑް ކުރާށެވެ. އެހެންކަމުން ޕާކިސްތާނުން އެންމެ ފުރަތަމަ ކުޅެން އަރާ 20 އޯވަރުގެ ތެރޭގައި ހަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 169 ލަނޑެވެ. އެޓީމަށް އެންމެ ރަނގަޅަށް ކުޅެފައިވަނީ ނުބައިނުވެ 87 ލަނޑު ހަދާދިން ކެޕްޓަން ބާބަރު އަޒާމްއެވެ.

މީގެއިތުރުން އިފްތިޙާރު އަހްމަދު ވަނީ މިމެޗްގައި 31 ލަނޑު ހަދާދީފައެވެ.މިއީނިންގްސްގައި އިންގްލަންޑް ޓީމަށް އެންމެ ރަނގަޅަށް އުކާފައިވަނީ ދެވިކެޓް ނަގާދިން ސޭމް ކުރާން އާއި ޑޭވިޑް ވިލޭއެވެ.

ޖަވާބުގައި އިންގްލަންޑުން ކުޅެން އަރާ 14 އޯވަރު 3 ބޯޅައިން ވިކެޓަށް 170 ލަނޑު ހަދާ މެޗް ކާމިޔާބުކުރިއެވެ. އިންގްލަންޑަށް އެންމެ ރަނގަޅަށް ކުޅެފައިވަނީ ނުބައިނުވެ 41 ބޯޅައިން 88 ލަނޑު ހަދާދިން ފުލް ސޯލްޓްއެވެ. މީގެއިތުރުން އެލެކްސް ހޭލްސް 27 ލަނޑު ހަދާދިން އިރު ޑޭވިޑް މަލަން އާއި ބެން ޑަކެތްވަނީ ކޮންމެ ކުޅުންތެރިޔަކު 26 ލަނޑު ހަދާދީފައެވެ. މި އިނިންގްސްގައި ޕާކިސްތާން ޓީމަށް އެންމެ ރަނގަޅަށް އުކާފައިވަނީ ހަތަރު އޯވަރު 34 ލަނޑަށް ދެވިކެޓް ނަގާދިން ޝަދާބް ޙާންއެވެ.

އިންގްލަންޑްގެ މި ކާމިޔާބީއާއެކު ސީރީޒް ތިން މެޗް ތިން މެޗުން އެއްވަރުވެފައިވާއިރު މި ސީރީޒް ކާމިޔާބުކުރާ ޓީމެއް ކަނޑައެޅިގެން ދާނީ މާދަމާ ކުޅުމަށް ހަމަޖެހިފައިވާ ފަހު މެޗުންނެވެ. މި މެޗްވެސް ކުޅުމަށް ހަމަޖެހިފައިވަނީ ޕާކިސްތާންގައެވެ.