މުވައްޒަފުން މަދުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ދުނިޔޭގެ އެންމެ ބޮޑު އެއް ނިއުސް އެޖެންސީ، ސީއެންއެންގެ ވެރިޔާ ކްރިސް ލިކްޓް ވިދާޅުވެއްޖެއެވެ.
ވޯނަރ ބްރޯސް ޑިސްކަވަރީ، ސީއެންއެންގެ ވެރިޔާ އެތަނުގެ މުވައްޒަފުންނަށް ފޮނުވި މެމޯއެއްގައި ވަނީ ސީއެންއެން ވަޒީފާއިން ވަކި ކުރަން ނޯޓިސް ދޭނީ ވަކި ގްރޫޕްތަކެއްގެ މުވައްޒަފުންނަށްކަމަށެވެ. އެގޮތުން އެ ކުންފުނިން މުސާރަ ދީފައި ތިބޭ ބައެއް ކޮންޓްރިބުޓަރުންނާއި ބައެއް މުވައްޒަފުންވެސް މީގެތެރޭގައި ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ.
"އަހަންނަށް އެނގޭ މި ބަދަލުތަކުގެ އަސަރު އަހަރެމެންގެ ވަކިވާ އެކުވެރިންނަށްވެސް އަދި ބާކީ ތިބި މީހުންނަށް ވެސް ކުރާނެ ކަން" ލިކްޓް ފޮނުވި މެމޯގައިވެއެވެ.
ސީއެންއެން އިން މުވައްޒަފުން މަދުކުރަން ނިންމާފައިވާތީ، މީޑިއާ ރިޕޯތްތަކުގައި ބުނެފައިވަނީ، ކުންފުނިތަކުން މުވައްޒަފުން ވަޒީފާއިން ވަކިކުރުމަކީ މި ދަނޑިވަޅުގައި ކުރާނެކަމެއްކަމަށް ކުރިންވެސް ލަފާކުރެވިފައިވާކަމަށެވެ. އަދި މިއީ އިގްތިޞާދީ ހީނަރުކަމަށް ތައްޔާރުވުމަށް ކުންފުނިތަކުން ހަރަދުތައް ހިފެހެއްޓުމަށާއި ހެޑްކައުންޓް ކުޑަކުރަން މަސައްކަތްކުރާ ދަނޑިވަޅެއް ކަމަށްވެސް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
"ދުނިޔޭގެ އިގްތިސާދީ ކުރިމަގާއި މެދު ފުޅާދާއިރާއެއްގައި ކަންބޮޑުވުން ފާޅުކޮށް" ސީއެންއެން އަށް ބަދަލުތަކެއް އަންނާނެ ކަމަށް މިދިޔަ އޮކްޓޫބަރު މަހު ލިކްޓް ވަނީ ވިދާޅުވެފައެވެ. މި ބަދަލުތަކުގެ އަސަރު މުވައްޒަފުންނާ ބަޖެޓްތަކާއި މަޝްރޫއުތަކަށްވެސް ކުރާނެ ކަމަށްވެސް ލިކްޓް ވަނީ ވިދާޅުވެފައެވެ.
ސިނާއަތުގެ ޕްރެޝަރުތަކާއި އިގްތިޞާދީ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފައިވާތީ، އެމެރިކާގެ ކުންފުނިތަކުން %20 މުވައްޒަފުން މަދުކުރާން ކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.