ކުޅިވަރު

އޭޝިއަން ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕަށް ދީމާ ކޮލިފައިވެއްޖެ


ވޯލްޑް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުގެ ސާކް ސަރަހައްދުގެ ކޮލިފައިންގައި ރާއްޖޭގެ ތަރި ފާތިމަތު ދީމާ އަލީ ކުޅުނު މެޗުތައް ކާމިޔާބުކޮށް އަންނަ އަހަރުގެ އޭޝިއަން ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުން ޖާގަ ހޯދައިފިއެވެ.

ސައުތު އޭޝިއަން ރީޖަނަލް ކޮލިފައިންގެ ގޮތުގައި މި މަހުގެ 8-11 އަށް ކުރިއަށްދާ މުބާރާތުން ހޮވޭ ކުޅުންތެރިން ދާނީ އޭޝިއަން ކޮލިފައިން ބުރަށެވެ. އޭޝިއަން ކޮލިފައިންގައި ވާދަކުރާނީ މި މުބާރާތުގެ އެންމެ މޮޅު 16 ކުޅުންތެރިންނެވެ. އަދި އޭޝިއަން ޗެމްޕިއަންޝިޕުން ކޮލިފައިވާ 20 ކުޅުންތެރިން ދާނީ ވޯލްޑް ޗެމްޕިއަންޝިޕަށެވެ.

ސައުތު އޭޝިއަން ކޮލިފިކޭޝަނުގައި ދީމާ ކުޅުނު ފުރަތަމަ މެޗުގައި ނުކުތީ ނޭޕާލްގެ ދެވަނަ ކުޅުންތެރިޔާ އެލީނާ މަހަރާޖަންއާ ދެކޮޅަށެވެ. މި މެޗު ދީމާ ކާމިޔާބުކުރީ ސީދާ ތިން ގޭމުންނެވެ.

ދެވަނަ މެޗުގައި ދީމާ ނުކުތީ ސްރީ ލަންކާގެ މަލީޝާ ސަލިންދި އާއި ދެކޮޅަށެވެ. މި މެޗު ވެސް ދީމާ ކާމިޔާބުކުރީ ސީދާ ތިން ގޭމުންނެވެ.

މި މުބާރާތުގައި ރާއްޖޭގެ މުންސިފްވެސް ވާދަކުރެއެވެ. މުންސިފް ހިމެނެނީ ނޭޕާލްގެ ސަންޔޮގް ކަޕާލީ އާއި ބަންގްލަދޭޝްގެ ނާފިޒް އިގްބާލްއާ އެއް ގްރޫޕެއްގައެެ.