ކުޅިވަރު

ގައުމީ ބަނޑުފިލާ ޗެލެންޖް: ކުޑަ އައްޔަ ތިންވަނަ ބުރުން ޖާގަ ހޯދައިފި


މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އިން އިންތިޒާމް ކޮށްގެން ކުރިއަށްގެންދަ ބޮޑީބޯޑިން ލީގުގެ މިއަހަރުގެ އެންމެ ފަހު މުބާރާތް ކަމަށްވާ ގައުމީ ބަނޑުފިލާ ޗެލެންޖުގެ ފިރިހެނުންގެ އޯޕަން ބައިގައި މިވަގުތު ލީގު ރޭންކިން އެއްވަނައިގައި އުޅޭ އަލީ ޚުޝްރުވާން އަހުމަދު (ކުޑަ އައްޔަ) ތިންވަނަ ބުރުން ޖާގަ ހޯދައިފިއެވެ.

ކުޑަ އައްޔަ ތިންވަނަ ބުރުން ޖާގަ ހޯދާފައިވަނީ އޭނާ ވދަކުރި ހީޓު ފަސޭހަކަމާއެކު ބޮޑު ތަފާތަކުން ކާމިޔާބުކޮށްގެންނެވެ. ކުޑައައްޔަ ވަނީ އޭނާ ވާދަކުރި ހީޓުން 11.57 ސްކޯ ކޮށްފައެވެ. މިއީ މުބާރާތުގެ ފުރަތަމަ ދުވަހުގެ އެންމެ މަތީ ސްކޯ އެވެ. މި ހީޓުން ދެވަނަ ހޯދާފައިވަނީ 5.27 ސްކޯ އެވެ. އަދި ތިންވަނަ ހޯދީ ކަޔާން އެވެ.

މީގެއިތުރުން ފިރިހެން އޯޕަން ބައިގެ އެހެން ހީޓުތަކަށް ބަލާއިރު، އަލީ ޖާވިދު (ޖާއްޓެ) ވާދަކުރި ހީޓު އޭނާ ކާމިޔާބުކޮށްފައި ވަނީ 8.77 ގެ ސްކޯއަކާއެކު އެވެ. އިޔާން ދެވަނަ ހޯދާފައިވަނީ 6.20 އިންނެވެ. އަދި ތިންވަހޯދި އަޝްރަފް އަހުމަދު އަށް ލިބުނީ 6.10 އެވެ.

ހަތަރުވަނަ ހީޓުގައި ވާދަކޮށް ހުސައިން އަމަން އެއްވަނަ ހޯދީ 6.80 ގެ ސްކޯއަކާއެކު އެވެ. އަދި ދެވަނަ ހޯދި އަމަން އަށް ލިބުނީ 4.10 އެވެ. ހީޓު ފަހެއް އާމިން ކާމިޔާބުކުރީ ޖަރީޝް އާއި ވާދަކޮށް 7.20 އިންނެވެ. ދެވަނަ ޖަރީޝް އަށް ލިބުނީ 6.97 އިންނެވެ. އަދި ތިންވަނަ ހޯދި ހުސެއިން އަށް ލިބުނީ 2.30 އެވެ. ހަ ވަނަ ހީޓުގެ އެއްވަނަ ނަޒްމީން ހޯދީ 6.20 އިންނެވެ.

ދެވަނަ ދާވޫދު ފަޒީލަށް ލިބުނީ 5.90 އިންނެވެ. އަދި ތިންވަނަ އަމަން ހޯދީ 3.10 އިންނެވެ. އެންމެ ފަހު ހީޓު ޝާމް ރާފިއު ކާމިޔާބުކުރީ އަޒާން އާއި ވާދަކޮށްގެންނެވެ. މީގެއިތުރުން ޖޫނިއާ ބައިގައި ވާދަވެރި ހީޓުތަކެއް ވަނީ މި މުބާރާތުގައި ކުރިޔަށްގޮސްފައެވެ.

މުބާރާތުގައި އަންގާރަ ދުވަހު ކުރިޔަށްދާނީ މާސްޓާޒް ކެޓަގަރީގެ އިވެންޓުތަކެވެ. މީގެއިތުރުން ޑްރޮޕް ނީގެ ބައެއް އިވެންޓުތައް ކުރިޔަށްދާނެ އެވެ.