ކުޅިވަރު

ޔުނައިޓެޑުގެ ހަތަރު ކުޅުންތެރިއެއްގެ އެއްބަސްވުން އާކޮށްފި


އިނގިރޭސި ޕްރިމިއާ ލީގުގެ މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ހަތަރު ކުޅުންތެރިއެއްގެ އެއްބަސްވުން އާކޮށްފިއެވެ.

އެގޮތުން އެޓީމުން އެއްބަސްވުން އާކޮށްފައިވަނީ ޑިއޮގޯ ޑާލޮޓް އާއި، ލޫކް ޝޯ އާއި، މާކަސް ރަޝްފަޑް އަދި ފްރެޑްގެއެވެ.

މިހަތަރު ކުޅުންތެރިންގެ އެއްބަސްވުންވެސް މިއަންނަ ޖޫން މަހަށް އޮތީ ހަމަވާގޮތަށެވެ. ޔުނައިޓެޑްގެ ކޯޗް އެރިކް ޓެން ހާގް މިދިޔަ ހަފްތާގައިވަނީ މިކުޅުންތެރިންގެ އެއްބަސްވުން އާކުރާނެކަމުގެ ވާހަކަ ދައްކާފައެވެ.

އަދި އެޓީމްގ ކީޕަރ ޑޭވިޑް ޑެގެއާގެ ކޮންޓްރެކްޓް އާކުރުމުގެ ވާހަކަތައް ކުރިއަށް ގެންދަމުންދާކަމުގައި ޔުނައިޓެޑުން ހާމަކުރެއެވެ. ނަމަވެސް ޑެ ގެއާގެ ކޮންޓްރެކްޓް އާކުރާނަމަ އޭނާގެ މުސާރަ ހަފްތާއަކު ތިންސަތޭކަ ހަތްދިހަ ފަސް ހާސް ޕައުންޑަށް ބޮޑު ކުރުމަށް 2019 ގައި ވެފައިވާ އެއްބަސްވުމުގައިވަނީ އެއްބަސްވެވިފައެވެ.

އެހެން ނަމަވެސް އުމުރުން 32 އަހަރުގެ ކީޕަރއަށް ކުރު މުއްދަތުގެ ކޮންޓްރެކްޓެއް މިއައްވުރެ ކުދަ މުސާރައެއްގައި ދިމުގެ އިޝާރާތެއް ކްލަބުންވަނީ ދީފައެވެ. އަދި މިއަންނަ އަހަރުގެ ޖެނުއަރީ މަހާ ހަމައަށް ދެފަރާތުގެ މެދުގައި އެއްބަސްވުމަކަށް ނާދެވިއްޖެނަމަ ޕްރީ ކޮންޓްރެކްޓަކަށް އެހެން ޓީމަކާއެކު އެއްބަސްވުމުގެ ދޮރު ޑި ގެއާއަށް ހުޅުވިގެންދާނެއެވެ.