އެންބީއޭ ބާސްކެޓްބޯޅަ މުބާރާތުގައި މެމްފިސް ގްރިޒްލީސްއާ ދެކޮޅަށް ކުޅުނު މެޗު ޑެންވާ ނަގެޓްސްއިން ކާމިޔާބުކޮށްފިއެވެ.
މިމެޗް ނަގެޓްސް ކާމިޔާބުކޮށްފައިވަނީ 105 ޕޮއިންޓް 91 ޕޮއިންޓުންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ނަގެޓްސްގެ ނިކޮލާ ޔޮކިޗްވަނީ 13 ޕޮއިންޓް ހޯދާދީ 13 ރީބައުންޑް ނަގާދީ 13 އެސިސްޓްކޮށް ޓްރިޕްލް ޑަބަލްއެއް ހަދާފައެވެ. އަދި ގްރިޒްލީސްގެ ޖާ މޮރާންޓްވަނީ 35 ޕޮއިންޓް ހޯދާދީ އެއް ރީބައުންޑް ނަގާދީ 10 އެސިސްޓް ކޮށްފައެވެ. މިމުބާރާތުގައި ޔޫޓާ ޖޭޒް އާއި ޑެޓްރޮއިޓް ޕިސްޓަންސް ބައްދަލުކުރިމެޗް 126 ޕޮއިންޓް 111 ޕޮއިންޓުން ކާމިޔާބުކުރީ ޖޭޒްއެވެ. މިމެޗްގައި ޖޭޒްގެ ލައުރީ މާކެނެންވަނީ 38 ޕޮއިންޓް ހޯދާދީ 5 ރީބައުންޑް ނަގާދީ އެއް އެސިސްޓް ކޮށްފައެވެ. އަދި ޕިސްޓަންސްގެ ޖާޑެން އައިވީ ވަނީ 30 ޕޮއިންޓް ހޯދާދީ 4 ރީބައުންޑް ނަގާދީ 5 އެސިސްޓް ކޮށްފައެވެ.
މީގެއިތުރުން ނިއުޔޯކް ނިކްސް އާއި އެންމެފަހުގެ ޗެމްޕިއަން ގޯލްޑަން ސްޓޭޓް ވޮރިއަރސް ބައްދަލުކުރިމެޗް 132 ޕޮއިންޓް 94 ޕޮއިންޓުން ކާމިޔާބުކުރީ ނިކްސްއެވެ. މިމެޗްގައި ނިކްސްގެ ޖޫލިއަސް ރެންޑްލްވަނީ 15 ޕޮއިންޓް ހޯދާދީ 12 ރީބައުންޑް ނަގާދީ 5 އެސިސްޓް ކޮށްފައެވެ. އަދި ވޮރިއަރސްގެ ޖޯޑަން ޕޫލްވަނީ 26 ޕޮއިންޓް ހޯދާދީ 2 ރީބައުންޑް ނަގާދީ އެއް އެސިސްޓް ކޮށްފައެވެ.