އިނގިރޭސި ލީގު ކަޕުގެ ކުއާޓާ ފައިނަލުން މެންޗެސްޓާ ޔުނައިޓެޑް ޖާގަ ހޯދައިފިއެވެ.
މިމުބާރާތުގެ ކްއާޓަރ ފައިނަލުން ޔުނައިޓެޑް ޖާގަހޯދީ ހަތަރުވަނަ ބުރުގައި ރޭ ބަރންލީ އާއި ބައްދަލުކުރިމެޗް 2 ލަނޑު ސުންލަނޑުން ކާމިޔާބުކޮށްގެންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ޔުނައިޓެޑުން ގިނައިރު ބޯޅަ ގެންގުޅުނު އިރު ގިނަ ހަމަލާ އުފައްދާފައިވަނި ބަރންލީއިންނެވެ. ނަމަވެސް ގޯލަށް އަމާޒުކޮށް ފޮނުވާލި ހަމަލާ ގިނައީ ޔުނައިޓެޑްގެއެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 27 ވަނަ މިނެޓްގައި ޖަހާ ޔުނައިޓެޑަށް ލީޑު ނަގާދިނީ ކްރިސްޓިއަން އެރިކްސަންއެވެ. މިމެޗްގައި ޔުނައިޓެޑްގެ ދެވަނަ ލަނޑު މެޗްގެ 57 ވަނަ މިނެޓްގައި ޖަހާދިނީ މިފަހަރުގެ ވާރލްޑް ކަޕްގައިވެސް މޮޅު ކުޅުމެއް ދެއްކި މާކަސް ރަޝްފަޑްއެވެ. އަމިއްލަ ހާފްގެ ތެރެއިން ލިބުނު ބޯޅަ ހިފައިގެން ގޮސް ކާމިޔާބު ކުރި މިލަނޑާއެކު ގިނަ ބަޔެއްގެ ސަމާލުކަން ރަޝްފަޑްގެ މިލަނޑަށް ލިބިގެންދިޔައެވެ. މިފަހަރުގެ ވާރލްޑް ކަޕްގައި ތަމްސީލް ކުރި ކުޅުންތެރިންގެ ތެރެއިން ފަސް ކުޅުންތެރިޔަކުވަނީ ޔުނަައިޓެޑްގެ ފުރަތަމަ އެގާރައިގާ ހިމެނިފައެވެ.
މިއީ ޔުނައިޓެޑާއި ކްރިސްޓިއާނޯ ރޮނާލްޑޯ ވަކިވިފަހުން އެޓީމް ކުޅޭ ވާދަވެރި ފުރަތަމަ މެޗެވެ. އަދި ސަޕޯޓަރުން ރޮނާލްޑޯގެ ކަންތަކަށް މާބޮޑު ސަމާލުކަމެއް ދަނޑުތެރޭގައި ދީފައެއްނުވެއެވެ. ކްއާޓަރ ފައިނަލްގައި ޔުނައިޓެޑް ވާދަކުރައްޖެހޭނެ ޓީމެއް އެނގިގެންދާނީ މިރޭގެ ގުރުއަތުލުމަށްފަހުއެވެ.