ޔުއެފާ ޗެމްޕިއަންސް ލީގުގެ ތައްޓާ ނުލައި މެންޗެސްޓާ ސިޓީގައި ހޭދަކުރާ މުއްދަތު ފުރިހަމަވެގެން ނުދާނެ ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.
ޕެޕް ވަނީ ސިޓީ އާއި އެކު ހަދާފައިވާ އެއްބަސްވުން 2025 ވަނަ އަހަރުގެ ނިޔަލަށް އާކޮށްފައެވެ.
ސިޓީގެ ކޯޗް ކަމާއި ޕެޕް ހަވާލުވިފަހުން އެކްލަބުންވަނީ މިހާތަނަށް 9 ތަށި ކާމިޔާބުކޮށްފައެވެ. ނަމަވެސް ޗެމްޕިއަންސް ލީގުގެ ތަށި ސިޓީއަށް ކާމިޔާބުކުރެވޭގޮތްވަނީ ނުވެފައެވެ. ޗެމްޕިއަންސް ލިގު ކާޟިޔާބު ކުރުމާއި އެންމެ ގާތަށް ސިޓީ ދިޔައީ 2021 ވަނަ އަހަރުއެވެ. ނަމަވެސް ފައިނަލްގައި ސިޓީ ވަނީ ޗެލްސީއަތުން ބަލިވެފައެވެ. އަދި މިދިޔަ ސީޒަންގައި ސިޓީވަނީ ސެމީފައިނަލުގައި ރެއާލް މެޑްރިޑް އަތުން ބަލިވެފައެވެ. ޕެޕް ހާމަކުރިގޮތުގައި ސިޓީއިން ހުރިހާ ތައްޓެއްވެސް ބޭނުންވާ ކަމަށާއި ނަމަވެސް ޗެމްޕިއަންސް ލީގުގެ ތައްޓަކީ އެޓީމުން އެންމެ ބޭނުންވާ ތަށި ކަމަށެވެ. އަދި އެތައްޓާއި ނުލާ އޭނާ ސިޓީގައި މިހޭދަ ކުރާ ގިނަ އަހަރު ތައް ފުރިހަމަ ނުވާނެކަމަށެވެ. އަދި މިތަށި ކާމިޔާބު ކުރުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރިއަށް އޮތް ތާނގާ ކުރާނެ ކަމަށާއި ވޭތުވެދިޔަ ތާނގާވެސް ދިޔައީ ކުރަމުން ކަމަށެވެ. ނަމަވެސް އުންމީދަކީ މާގިނަ ދުވަސް ތަކެއް ނުވެ މިތަށި ސިޓީއަށް ކާމިޔާބުކުރެވުން ކަމަށް ޕެޕް ހާމަކުރިއެވެ.
މިފަހަރުގެ ޗެމްޕިއަންސް ލިގުގެ ދެވަނަ ބުރުގައި ސިޓީ ބައްދަލުކުރަން ޖެހެނީ ޖަރުމަނު ބުންޑަސްލީގާގެ އާރްބީ ލިޕްޒިގާއެވެ. އަދި މިސީޒަންގައި ސިޓީއިން ދަނީ އިންގްލިޝް ޕްރިމިއަރ ލީގުގެ ތަށި ޖެހިޖެހިގެން ތިންވަނަ ފަހަރަށް ކާމިޔާބުކުރާ ފަސްވަނަ ޓީމަށް ވުމަށް މަސައްކަތް ކުރަމުންނެވެ. އަދި މިރޭ ސިޓީ ނިކުންނާނީ އަމިއްލަ ދަނޑުގައި ކަރަބާއޮ ކަޕްގެ ހަތަރު ވަނަ ބުރުގައި ލިވަޕޫލާއި ދެކޮޅަށެވެ. ޕެޕްގެ ކޯޗް ކަމުގެ ދަށުން ސިޓީވަނީ ކަރަބާއޮ ކަޕްގެ ތަށި ހަތަރު ފަހަރު ކާމިޔާބުކޮށްފައެވެ.