ކުޅިވަރު

ކުއާޓާ ފައިނަލުގައި ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނީ ޗާލްޓަން


އިނގިރޭސި ލީގު ކަޕުގެ ކުއާޓާ ފައިނަލުގެ ގުރުއަތުލުން ބާއްވައިފިއެވެ.

މިފަހަރުގެ ގުރުއަތުލުމުގައި އިނގިރޭސި ޕްރިމިއަރ ލީގަށް ނިސްބަތްނުވާ ހަމައެކަނި ޓީމު ކަމަށްވާ ލީގް ވަންގެ ޗާރލްޓަން އެތުލެޓިކް ބައްދަލުކުރަން ޖެހެނީ މެންޗެސްޓަރ ޔުނައިޓެޑާއެވެ.

ޗާރލްޓަން މިހާހިސާބުން ޖާގަހޯދީ ހަތަރު ވަނަ ބުރުގައި ބްރައިޓަން އެންޑް ހޯވް އެލްބިއަން ޕެނަލްޓި ޖަހައިގެން ބަލިކުރުމަށްފަހުއެވެ. އަށް ފަހަރަށް މިމުބާރާތް ކާމިޔާބުކޮށްފައިވާ މެންޗެސްޓަރ ސިޓީ ބައްދަލުކުރާނީ ސައުތެމްޕްޓަނާއެވެ. ސިޓީ މިމުބާރާތުގެ ކްއާޓަރ ފައިނަލުން ޖާގަހދީ އެންމެފަހުގެ ޗެމްޕިއަން ލިވަޕޫލް 3 ލަނޑު 2ލަނޑުން ރޭ ބަލިކުރުމަށްފަހުއެވެ.

ނޮޓިންގހަމް ފޮރެސްޓް ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ވުލްވަރހެމްޕްޓަން ވޮންޑަރަރސްއާއެވެ. އަދި ނިއުކާސްލް ޔުނައިޓެޑް ބައްދަލުކުރާނީ ލެސްޓަރ ސިޓީ އާއެވެ. މިފަހަރުގެ ކްއާޓަރ ފައިނަލް މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ މިއަންނަ ޖެނުއަރީމަހުގެ ކުރީކޮޅުއެވެ.

މިދިޔަ ސީޒަންގައި ލިވަޕޫލް ތަށި ކާމިޔާބު ކުރުމުގެ ކުރިން އޭގެ ހަތަރު މުބާރާތް ޖެހިޖެހިގެން ކާމިޔާބުކޮށްފައިވަނީ ސިޓީއެވެ.