ޚަބަރު

އަންނަ އަހަރު ޖަޕާނުން އެންމެ އިސްކަންދޭނީ މުސާރަ ބޮޑުކުރަން


ޖަޕާނު ސަރުކާރުން އަންނަ އަހަރަށް ކަނޑައަޅާ އިގްތިސާދީ ސިޔާސަތުގައި މަސައްކަތުގެ އުޖޫރަ ބޮޑުކުރުމަކީ އެންމެ އިސްކަމެއް ދޭނެ މަސައްކަތްކަމަށް އެ ގައުމުގެ ޑެޕިއުޓީ ޗީފް ކެބިނެޓް ސެކްރެޓަރީ ސެއިޖީ ކިހާރާ ވިދާޅުވެއްޖެއެވެ.

ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ކިހާރާ ވިދާޅުވީ ޖަޕާނުގެ އިގްތިސާދަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އުޖޫރަ ބޮޑު ނުވުންކަމަށާއި އުޖޫރަ ބޮޑުވެގެން ނޫނީ ކޮންސިއުމަންޓް ނުހިނގާނެކަމަށެވެ.

މުސާރަ ބޮޑުކުރާ މިންވަރު ނިންމުމުގެ ޒިންމާ ކުންފުނިތަކުން އުފުލަންޖެހޭއިރު، ޓެކްސް އިންސެންޓިވްސް މެދުވެރިކޮށް ބޮޑު އުޖޫރައެއް ދިނުމަށް ސަރުކާރަށް އެހީތެރިވެދެވޭނެކަމަށް ކިހާރާ ވިދާޅުވިއެވެ. އަދި އިންސާނީ ވަސީލަތްތަކަށް ޚަރަދުކުރާ މިންވަރާއި ބެހޭ އިތުރު މައުލޫމާތު ކުންފުނިތަކުން ހާމަކުރުމަށް ސަރުކާރަށް ބާރުއެޅިދާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ބޭންކު އޮފް ޖަޕާނު، ބީއޯޖޭގެ ގަވަރުނަރު ހަރުހީކޯ ކުރުދޯވެސް ވަނީ މި މޭރުމުން ވާހަކަފުޅު ދައްކަވާފައެވެ. ހަރުހީކޯ ވަނީ ޖަޕާނުގެ އިންފްލޭޝަން %2 އަށް ކުޑަކުރުމަށް އަމާޒު ހިފާފައިވާއިރު، މި އަމާޒަށް ވާސިލުވުމަށް ބޮޑު އުޖޫރައެއް ކަނޑައެޅުމަކީ މުހިންމު ކަމެއްކަމަށް ފާހަގަކުރައްވާފައެވެ.

ފަހަކަށް އައިސް ޖަޕާނުގެ ފައިސާ ކަމަށްވާ، ޔެންގެ އަގު އުފުލި ރޯ މެޓީރިއަލް އެކްސްޕޯޓުކުރުމުގެ ހަރަދު އިތުރުވުމުގެ ސަބަބުން ދިރިއުޅުމުގެ އަގުތައް އުފުލި ބޮޑުވަޒީރު ފުމިއޯ ކިޝިޑާގެ ވެރިކަމުގައި އެޕްރޫވަލް ރޭޓިން ވަނީ ދަށްވެފައެވެ.

ޖަޕާނުގެ އިންފްލޭޝަން ނޮވެމްބަރުމަހު ވަނީ ވޭތުވެދިޔަ 4 ގަރުނު ތެރޭގައިވެސް އެ ގައުމުގެ އިންފްލޭޝަން މައްޗަށް ނުދާ މިންވަރަށް މަތިވެ، %3.7 އަށް އަރާފައެވެ.