ކުޅިވަރު

ލީޑްސް އާއި ވެސްޓް ހޭމުގެ ކުރިމަތިލުން އެއްވަރު


އިނގިރޭސި ޕްރިމިއާ ލީގުގައި ލީޑްސް ޔުނައިޓެޑާއި ވެސްޓް ހޭމް ޔުނައިޓެޑް ބައްދަލުކުރިމެޗް އެއްވަރު ވެގެން ނިމިއްޖެއެވެ.

ލީޑްސްގެ ދަނޑުގައި ކުޅުނު މިމެޗް ނިމުނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ލީޑްސްއިންނެވެ. މިގޮތުން މެޗްގެ ފުރަތަމަ ލަނޑު މެޗްގެ 27 ވަނަ މިނެޓްގައި ޖަހާ ލީޑު ނަގާފައިވަނީވެސް ލީޑްސްއިންނެވެ. މިލަނޑު އެޓީމަށް ޖަހާދިނީ ވިލްފްރީޑް ގްނޮންޓޯއެވެ. މިމެޗްގައި ވެސްޓް ހޭމްއިން އެއްވަރު ކުރި ލަނޑު މެޗްގެ 45 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ޖަހާދިނީ ލޫކަސް ޕަކުއެޓާއެވެ. އަދި ދެވަނަ ހާފްގެ ފުރަތަމަ މިނެޓްގައި ވެސްޓް ހޭމްއިން ވަނީ މިމެޗްގައި ފުރަތަމަ ފަހަރަށް ލީޑު ނަގާފައެވެ. މިލަނޑު އެޓީމަށް ޖަހާދިނީ ޖިއާންލޫކާ ސްކަމަކާއެވެ. މިމެޗްގައި ލީޑްސްއިން އެޓީމްގެ ދެވަނަ ލަނޑު މެޗްގެ 70 ވަނަ މިނެޓްގައި ޖަހާދީ މެޗްގެ ނަތީޖާ ހަމަހަމަ ކޮށްދިނީ ރޮޑްރިގޯއެވެ. މިމެޗްގެ އެންމެ ފަހު ވަގުތު ކޮޅުގެ ތެރޭގައި ވެސްޓް ހޭމްގެ ކީޕަރ ލޫކަސް ފަބިއާންސްކީވަނީ ރޮޑްރިގޯ ފޮނުވާލި ނުރައްކާތެރި ހަމަހަމަލާއެއް ދިފާއުކޮށްފައެވެ.

މިމެޗް ފެށުމުގެ ހަ ގަޑިއިރު ކުރިން ވެސްޓް ހޭމްއިންވަނީ އެޓީމްގެ ޗެއާމަން ޑޭވިޑް ގޯލްޑް މަރުވިކަން އާންމުކޮށްފައެވެ. އަދި މިިމެޗް އެއްވަރު ވުމުން ލީޑްސް މިހާރު އުޅެނީ 17 މެޗުން ލިބިފައިވާ 17 ޕޮއިންޓާއެކު ތާވަލްގެ 14 ވަނައިގައެވެ. އަދި ވެސްޓް ހޭމް އުޅެނީ 15 ޕޮއިންޓާއެކު ތާވަލްގެ 17 ވަނައިގައެވެ.