ކުޅިވަރު

ސެން އެންޓޯނިއޯ ސްޕާސް އަތުން މިލްވައުކީ ބަކްސްއަށް މޮޅެއް


އެންބީއޭ ބާސްކެޓްބޯޅަ މުބާރާތުގައި ސެން އެންޓޯނިއޯ ސްޕާސްއާ ދެކޮޅަށް ކުޅުނު މެޗު މިލްވައުކީ ބަކްސްއިން ކާމިޔާބުކޮށްފިއެވެ.

މިމެޗް ބަކްސް ކާމިޔާބުކޮށްފައިވަނީ 130 ޕޮއިންޓް 94 ޕޮއިންޓުންނެވެ. ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ބަކްސްގެ ޖިއާނިސް ވަނީ 31 ޕޮއިންޓް ހޯދާދީ 14 ރީބައުންޑް ނަގާދީ 2 އެސިސްޓް ކޮށްފައެވެ. އަދި ސްޕަރސްގެ ޑެވިން ވެސެލް ވަނީ 16 ޕޮއިންޓް ހޯދާދީ 4 ރީބައުންދް ނަގާދީ 4 އެސިސްޓް ކޮށްފައެވެ.

މިމުބާރާތުގައި ޑެންވަރ ނަގެޓްސް އާއި ވޮޝިންގޓަން ވިޒަޑްސް ބައްދަލުކުރިމެޗް 118 ޕޮއިންޓް 104 ޕޮއިންޓުން ކާމިޔާބުކުރީ ނަގެޓްސްއެވެ. މިމެޗް ނަގެޓްސްގެ ނިކޮލާ ޔޮކިޗްވަނީ 31 ޕޮއިންޓް ހޯދާދީ 12 ރީބައުންދް ނަގާދީ 7 އެސިސްޓް ކޮށްފައެވެ. ވިޒަޑްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 25 ޕޮއިންޓް ހޯދާދި 3 ރީބައުންޑް ނަގާދީ 2 އެސިސްޓްދިން ކްރިސްޓަޕްސް ޕޯޒިންގީސްއެވެ.

މީގެއިތުރުން ފިލަޑެލްފިއާ ސެވަންޓީ ސިކްސަރސް އާއި ޝިކާގޯ ބުލްސް ބައްދަލުކުރިމެޗް 116 ޕޮއިންޓް 91 ޕޮއިންޓުން ކާމިޔާބުކުރީ ސެވަންޓީ ސިކްސަރސްއެވެ. މިމެޗްގައި ސިކްސަރސްގެ ޓޯބިއަސް ހެރިސްވަނީ 20 ޕޮއިންޓް ހޯދާދީ 9 ރީބައުންޑް ނަގާދީ 8 އެސިސްޓް ކޮށްފައެވެ. އަދި ބުލްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 13 ޕޮއިންޓް ހޯދާދީ 12 ރީބައުންދް ނަގާދީ އެއް އެސިސްޓް ދިން އަންޑްރޭ ޑްރޫމޮންޑްއެވެ.