ޔޫރޯ 2024 ކޮލިފައިން ގްރޫޕް އޭގައި ނޯވޭއާ ދެކޮޅަށް ކުޅުނު މެޗު ސްޕެއިނުން ކާމިޔާބުކޮށްފިއެވެ.
ސްޕެއިންގައި ކުޅުނު މިމެޗް އެޓީމުން ކާމިޔާބުކުރީ ތިން ލަނޑު ސުންލަނޑުންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސްޕެއިންއިންނެވެ. ސްޕެއިންގެ އާ ކޯޗް ލުއިސް ޑެ ލަ ފުއެންޓޭގެ ކޯޗް ކަމުގެ ދަށުން ކުޅުނު ފުރަތަމަ މެޗްގައި އެޓީމްގެ ފުރަތަމަ ލަނޑު ޖަހާދީ ލީޑު ނަގާދިނީ މެޗްގެ 13 ވަނަ މިނެޓްގައި ޑަނީ އަލްމޯއެވެ. މިމެޗްގައި ސްޕެއިންގެ ދެވަނަ ލަނޑު ޖަހާފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ސްޕެއިން ޓީމަށް އަލަށް ކުޅެން ނިކުން ހޮސެލޫއެވެ. އަދި އޭގެ ދެ މިނެޓްފަހުން ސްޕެއިންގެ ތިންވަނަ ލަނޑު ޖަހާދިނީވެސް ހޮސެލޫއެެވެ.
މިކާމިޔާބީއާއެކު ސްޕެއިންއިން ޔޫރޯ ކޮލިފައިންގ ކާމިޔާބީއަކުން ފަށާފާވާއިރު ގްރޫޕްގެ އެއްވަނައިގާ އޮތީ ސްކޮޓްލަންޑާއި ހަމަހަމަކޮށެވެ. ސްކޮޓްލަންޑްވަނީ ރޭ އަމިއްލަ ދަނޑުގައި ސައިޕްރަސްއާއި ބައްދަލުކުރިމެޗް 3 ލަނޑު ސުންލަނޑުން ކާމިޔާބުކޮށްފައެވެ. މިގްރޫޕްގައި ސްޕެއިން ދެން ބައްދަލުކުރަން ޖެހޭނީ މިއަންނަ އަންގާރަ ދުވަހު ސްކޮޓްލަންޑާއެވެ. މިމެޗް ކުޅުމަށް ހަމަޖެހިފައިވަނީ ސްކޮޓްލަންޑްގައެވެ.