ނޭޕާލުގައި މިހާރު ކުރިއަށްދާ ޕްރައިމް މިނިސްޓާސް އިންޓަނޭޝަނަލް ކަޕުގައި ބޫޓާނާއި ލާއޯސް ބައްދަލުކުރި މެޗުގައި ހަރަކާތްތެރިވި ދިވެހި ރެފުރީންނަށް ރޯދަ ވީއްލުމުގެ ފުރުސަތު ދީފިއެވެ.
މުބާރާތުގައި ބައިވެރިވަމުން އަންނަ ދިވެހި ރެފްރީންނަކީ އޭއެފްސީ އެލީޓް ރެފްރީ މުހައްމަދު ޖާވިޒް، އޭއެފްސީ އެލީޓް ރެފްރީ ހުސެއިން ސިނާން، އޭއެފްސީ އެލީޓް އެސިސްޓަންޓް ރެފްރީ ޖައުފަރު ރަޝީދު އަދި އޭއެފްސީ އެލީޓް އެސިސްޓަންޓް ރެފްރީ އަހުމަދު އަފްސަހު އެވެ.
މި މެޗުގައި ދިވެހި ރެފްރީންނަށް ރޯދަ ވިއްލުމުގެ ފުރުސަތު ލިބުނީ މެޗުގެ 20 ވަރަކަށް މިނިޓަށް ފަހު، މަގްރިބް ނަމާދަށް ބަންގި ގޮވުމާ އެކު އެވެ. މެޗުގެ ފުރަތަަމަ ރެފްރީއެއްގެ ގޮތުގައި ހަރަކާތްތެރިވަމުން އައި ޖާވިޒް އާއި ދެ ލައިންސްމަނުންގެ ގޮތުގައި ހަރަކާތްތެރިވި އަފްސަހު އަދި ޖައުފަރުގެ އިތުރުން ހަތަރު ވަނަ އޮފިޝަަލަކަށް ހުރި ސިނާން ވަނީ ބޯޅަ ބޭރުވުމާ އެކު ރޯދަ ވިއްލަން ވަގުތު ނަަގައިފަ އެވެ.
ރެފްރީ ޖާވިޒް ބުނީ ރޯދަ ޥީއްލުމުގެ ހުއްދަ ދޭން ނިންމީ މެޗުގެ ކުރިން މެޗު ކޮމިޝަނަރު ގާތު އެ ފުރުސަތު ދޭން އެދުމުންނެވެ. ޖާވިޒް ވަނީ މެޗު ކޮމިޝަނަރު އެ ފުރުސަތު ދޭން ނިންމުމާއި އެކަން ހިނގައިދިޔަ ގޮތާ މެދު ހިތްހަމަޖެހުން ފާޅުކޮށްފަ އެވެ.
މެޗު ކޮމިޝަނަރުގެ މި ނިންމުމާއިި ގުޅިގެން ނޭޕާލްގެ މީޑިއާތަކުން ދަނީ ވަރަށް ބޮޑަށް ތައުރީފުކުރަމުންނެވެ.