އެންބީއޭ ބާސްކެޓްބޯޅަ މުބާރާތުގައި މިލްވައުކީ ބަކްސްއާ ދެކޮޅަށް ކުޅުނު މެޗު ޑެންވާ ނަގެޓްސްއިން ކާމިޔާބުކޮށްފިއެވެ.
މިމެޗް ނަގެޓްސް ކާމިޔާބުކޮށްފައިވަނީ 129 ޕޮއިންޓް 106 ޕޮއިންޓުންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ނަގެޓްސްެގެ ނިކޮލާ ޔޮކިޗްވަނީ 31 ޕޮއިންޓް ހޯދާދީ 6 ރީބައުންޑް ނަގާދީ 11 އެސިސްޓް ކޮށްފައެވެ. އަދި ބަްސްގެ ޖިއާނިސް އެންޓެޓޮކޮއުމްޕޯވަނީ 31 ޕޮއިންޓް ހޯދާދީ 9 ރީބައުންޑް ނަގާދީ 4 އެސިސްޓް ކޮށްފައެވެ.
މިމުބާރާތުގައި ބްރޫކްލިން ނެޓްސް އާއި މައޭމީ ހީޓް ބައްދަލުކުރިމެޗް 129 ޕޮއިންޓް 100 ޕޮއިންޓުން ކާމިޔާބުކުރީ ނެޓްސްއެވެ. މިމެޗްގައި ނެޓްސްގެ މިކާލް ބްރިޖެސްވަނީ 27 ޕޮއިންޓް ހޯދާދީ 3 ރިބައުންޑް ނަގާދީ 7 އެސިސްޓް ކޮށްފައެވެ. އަދި ހީޓްއަށް އެންމެ ރަނގަޅު ކުޅުމެއް ދައްކާދިނީ 23 ޕޮއިންޓް ހޯދާދީ 5 ރީބައުންޑް ނަގާދީ 2 އެސިސްޓް ދިން މެކްސް ސްޓްރަސްއެވެ.
މީގެއިތުރުން އެޓްލާންޓާ ހޯކްސް އާއި އިންޑިއާނާ ޕޭސަރސް ބައްދަލުކުރިމެޗް 143 ޕޮއިންޓް 130 ޕޮއިންޓުން ކާމިޔާބުކުރީ ހޯކްސްއެވެ. މިމެޗްގައި ހޯކްސްގެ ކްލިންޓް ކަޕޭލާ ވަނީ 17 ޕޮއިންޓް ހޯދާދީ 17 ރީބައުންޑް ނަގާދީ 2 އެސިސްޓް ކޮށްފައެވެ. އަދި ޕޭސަރސްއަށް އެންމެ ރަނގަޅު ކުޅުމެއް ދައްކަދިނީ 33 ޕޮއިންޓް ހޯދާދީ 6 ރީބައުންޑް ނަގާދީ އެއް އެސިސްޓް ދިން ޖޯދަން އެންވޯރާއެވެ.