ޔޫރޯ 2024 ކޮލިފައިން ގްރޫޕް ބީގައި ރިޕަބްލިކް އޮފް އަޔަލަންޑާ ދެކޮޅަށް ކުޅުނު މެޗު ފްރާންސުން ކާމިޔާބުކޮށްފިއެވެ.
އަޔަލަންޑްގައި ކުޅުނު މިމެޗް ފްރާންސުން ކާމިޔާބުކުރީ އެއްލަނޑު ސުންލަނޑުންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ފަރަންސޭސީން ބޯޅަ ގެންގުޅުނު އިރު ހަމަލާ އުފެއްދިފައިވަނީ ދެޓީމަށްވެސް ހަމަހަމަ ކޮަށެވެ. މިމެޗްގެ ފުރަތަމަ ހާފްގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވޭގޮތެއްނުވިއެވެ. މިމެޗްގެ ހަމައެކަނި ލަނޑު މެޗްގެ 50 ވަނަ މިނެޓްގައި ފަރަންސޭސީންނަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރ ބެންޖަމިން ޕަވާޑްއެވެ. މިމެޗްގެ ފަހު ވަގުތު ކޮޅުގެ ތެރޭގައި ރިޕަބްލިކް އޮފް އަޔަލަންޑްއިން ފަރަންސޭސި ގޯލަށް ނުރައްކާކުރި ނަމަވެސް މައިކް މައިގްނަންގެ ގޯލް ފޫއަލުވާލެވޭގޮތެއްނުވިއެވެ.
މިކާމިޔާބީއާއެކު ފަރަންސޭސީން މިހާރު ވަނީ ކުޅުނު ދެމެޗް ވެސް ކާމިޔާބުކޮށް ގްރޫޕް ބީގެ އެއްވަނައިގާ ހަމަޖެހިލާފައެވެ. މިގްރޫޕްގައި ގްރީސް އާއި ނެދަލަންޑްސް އުޅެނީ ތިންޕޮއިންޓާއެކު ދެވަނަ އަދި ތިންވަނައިގައެވެ. އަދި ރިޕަބްލިކް އޮގް އަޔަލަންޑާއި ޖިބްރޯލްޓާއަށް އަދި ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.