ކުޅިވަރު

ޖިބްރޯލްޓާ ބަލިކޮށް ނެދަލަންޑްސްއަށް ފުރަތަމަ މޮޅު


ޔޫރޯ 2024 ކޮލިފައިން ގްރޫޕް ބީގައި ޖިބްރޯލްޓާ ބަލިކޮށް ނެދަލަންޑްސްއިން ފުރަތަމަ މޮޅު ހޯދައިފިއެވެ.

ނެދަލަންޑްސްގެ ފެޔެނޯޑް ގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ ތިން ލަނޑު ސުންލަނޑުންނެވެ.

ނެދަލަންޑްސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ނެދަލަންޑްސްއިންނެވެ. މިމެޗްގައި ނެދަލަންޑްސްއިންވަނީ 51 ހަމަލާ އުފައްދާފައެވެ. އަދި ގިބްރޯލްޓާއަށް އެންމެ ހަމަލާއެއްވެސް އުފެއްދިފައެއް ނުވެއެވެ. މިމެޗްގެ ފުރަތަމަ ލަނޑު ނެދަލަންޑްސްއަށް ކާމިޔާބުކޮށްދީ އެޓީމަށް ލީޑު ނަގާދިނީ މެމްފިސް ޑިޕާއިއެވެ. އެޓީމްގެ ދެވަނަ ލަނޑު މެޗްގެ 50 ވަނަ މިނެޓްގައި ޖަހާދިނީ ޑިފެންޑަރ ނޭތަން އައިކޭއެވެ. އަދި އެޓީމްގެ ތިންވަނަ ލަނޑު މެޗްގެ 82 ވަނަ މިނެޓްގައި ޖަހާދިނީވެސް އައިކޭއެވެ. މިމެޗްގައި މީގެ އިތުރުންވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތު ނެދަލަންޑްސް އިން ތަނަވަސްކުރިތަން ފެނިގެންދިޔައެވެ. މިމެޗްގެ 51 ވަނަ މިނެޓްގައި ނުރައްކާތެރި ފައުލެއް ކުރުމުގެ ސަބަބުން ޖިބްރޯލްޓާގެ ލިއާމް ވޯކަރއަށް ވަނީ ރަތްކާޑު ދައްކާފައެވެ. މިމެޗްގައިވެސް ޖޮބްރޯލްޓާއަށް ކުޅޭ ލީ ކަސްސިއާރޯވަނީ ކުޅެފައެވެ. އަދި ޔޫރަޕިއަން ޗެމްޕިއަންޝިޕްގެ ކޮލިފައިންގައި ކުޅުނު އެންމެ ދުވަސްވީ ކުޅުންތެރިޔާއަށް އަނެއްކާވެފައެވެ. އޭނާއަށް 41 އަހަރާއި 179 ދުވަހެވެ.

މިކާމިޔާބީއާއެކު ނެދަލަންޑްސް މިވަނީ މިފަހަރުގެ ޔޫރޯ ކޮލިފައިންގައި ފުރަތަމަ މެޗުން މޮޅުވެފައެވެ. އެއީ ފުރަތަމަ މެޗްގައި ފަރަންސޭސީން އަތުން ފަސޭހަ ކަމާއެކު ބަލިވެފައިވުމުންނެވެ.