އެންބީއޭ ބާސްކެޓްބޯޅަ މުބާރާތުގައި އޯލާންޑޯ މެޖިކާ ދެކޮޅަށް ކުޅުނު މެޗު މެމްފިސް ގްރިޒްލީސްއިން ކާމިޔާބުކޮށްފިއެވެ.
މިމެޗް ގްރިޒްލީސް ކާމިޔާބުކޮށްފައިވަނީ 113 ޕޮއިންޓް 108 ޕޮއިންޓުންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގްރިޒްލީސްގެ ޑެސްމޮންޑް ބޭން ވަނީ 31 ޕޮއިންޓް ހޯދާދީ 4 ރީބައުންޑް ނަގާދީ 5 އެސިސްޓް ކޮށްފައެވެ. އަދި މެޖިކްގެ ޕައުލޯ ބަންޗޭރޯ ވަނީ 24 ޕޮއިންޓް ހޯދާދީ 11 ރިބައުންޑް ނަގާދީ 5 އެސިސްޓް ކޮށްފައެވެ.
މިމުބާރާތުގައި ވޮޝިންގޓަން ވިޒަޑްސް އާއި ބޮސްޓަން ސެލްޓިކްސް ބައްދަލުކުރިމެޗް 130 ޕޮއިންޓް 111 ޕޮއިންޓުން ކާމިޔާބުކުރީ ވިޒަޑްސްއެވެ. މިމެޗްގައި ވިޒަޑްސްގެ ކްރިސްޓަޕްސް ޕޯޒިންގީޒް ވަނީ 32 ޕޮއިންޓް ހޯދާދީ 13 ރީބައުންޑް ނަގާދީ 6 އެސިސްޓް ކޮށްފައެވެ. އަދި ސެލްޓިކްސްއަށް މިމެޗްގައި އެންމެ ރަނގަޅު ކުޅުމެއް ދައްކަދިނީ 28 ޕޮއިންޓް ހޯދާދީ 9 ރީބައުންޑް ނަގާދީ 5 އެސިސްޓް ދިން ޖޭސަން ޓެޓުމްއެވެ.
މީގެއިތުރުން އެޓްލާންޓާ ހޯކްސް އާއި ކްލީވްލަންޑް ކެވެލިއަރސް ބައްދަލުކުރިމެޗް 120 ޕޮއިންޓް 118 ޕޮއިންޓުން ކާމިޔަބުކުރީ ހޯކްސްއެވެ. މިމެޗްގައި ހޯކްސްގެ ޑެޖޫންޓޭ މަރީވަނީ 29 ޕޮއިންޓް ހޯދާދީ 4 ރީބައުންޑް ނަގާދީ 5 އެސިސްޓް ކޮށްފައެވެ. އަދި ކެވެލިއަރސްއަށް އެންމެ ރަނގަޅު ކުޅުމެއް ދައްކަދިނީ 44 ޕޮއިންޓް ހޯދަދީ 5 ރީބައުންޑް ނަގާދީ 5 އެސިސްޓް ދިން ޑޮނޮވަން މިޝޭލްއެވެ.