ކުޅިވަރު

ގެޓާފޭގެ މައްޗަށް ރެއާލް ކުރި ހޯދައިފި


ސްޕެނިޝް ލީގުގައި އެންމެފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާއި ގެޓާފޭ ބައްދަލުކުރި މެޗް ރެއާލް ކާމިޔާބުކޮށްފިއެވެ.

ރެއާލްގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމުން ކާމިޔާބުކުރީ 1-0ގެ ނަތީޖާއަކުންނެވެ.

މިމެޗަށް ރެއާލްއިން ޓީމް ނެރެފައިވަނީ އެޓީމްގެ މުހިންމު ގިނަ ކުޅުންތެރިންތަކަކާނުލައެވެ. މިގޮތުން އެންމެ ފަހުން ޗެމްޕިއަންސް ލީގުގެ ސެމީފައިނަލްގައި މެންޗެސްޓަރ ސިޓީއާއި ދެކޮޅަށް ނެރުނު ޓީމަށް 8 ބަދަލެއް ގެނެސްފައިވެއެވެ.

މިގޮތުން މިމެޗްގައި އެޑެން ހަޒާޑްއަށް ވަނީ ފުރަތަމަ އެގާރައިން ޖާގަ ދީފައެވެ. މިއީ މިސީޒަންގައި އޭނާ ފުރަތަމަ އެގާރައިގާ ހިމެނިގެން ކުޅުނު ދެވަނަ މެޗެވެ. މިއީ ދެވަނަ ލެގްގައި ސިޓީއާއި ދެކޮޅަށް ނިކުންނަ އިރު އެކުޅުންތެރިންނަށް ރެސްޓް ދިނުމުގެ ގޮތުން ކޯޗް ކާލޯ އެންޗެލޯޓީ ކޮށްފައިވާކަމެކެވެ.

މިބަދަލުތަކާއެކުވެސް މިމެޗް ކޮންޓްރޯލްކޮށް އަދި ގިނަ ހަމަލާ އުފައްދާފައި ވަނީ ރެއާލްއިންނެވެ. މިމެޗްގެ ފުރަތަމަ ހާފްގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވެގޮތެއްނުވިއެވެ. މިމެޗްގެ ހަމައެކަނި ލަނޑު މެޗްގެ 70 ވަނަ މިނެޓްގައި ރެއާލްއަށް ކާމިޔާބުކޮށްދިނީ މާކޯ އަސެންސިއޯއެވެ.

މިކާމިޔާބީއާއެކު ރެއާލްއަށް 34 މެޗުން ލިބިފައިވަނީ 71 ޕޮއިންޓެވެ. އަދި ތާވަލުގެ 1 ވަނައިގައި އުޅޭ އެފްސީ ބާސެލޯނާއާއި ދެމެދު 11 ޕޮއިންޓްގެ ތަފާތެއް އެބަހުއްޓެވެ. ބާސާއިން މިރޭ އެސްޕަންޔޯލް އާއި ދެކޮޅަށް ކުޅޭ މެޗް ކާމިޔާބުކޮށްފިނަމަ އެޓީމަށް ސްޕެނިޝް ލަލީގައި ކާމިޔާބު ކުރެވޭނެއެވެ.