ކުޅިވަރު

ށ. ފުނަދޫ ފުޓްބޯޅަ ދަނޑުގެ ލައިޓިން ސިސްޓަމް ޤާއިމުކުރުމަށް ހަވާލުކޮށްފި


މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ފުޓްބޯޅަ ދަނޑުގެ ލައިޓިންގ ސިސްޓަމް ޤާއިމްކުރުމަށް ބަޔަކާއި ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގައި މިއަދު ކުރިޔަށްގެންދިޔަ ރަސްމިއްޔާތެއްގައި ށ.ފުނަދޫ ފުޓްބޯޅަ ދަނޑުގެ ލައިޓިންގ ސިސްޓަމް ޤާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ތްރީ ޓްރީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއެކުއެވެ.

މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ޑެޕިއުޓީ މިނިސްޓަރ މި އެއްބަސްވުމުގައި ޔޫތު ޑްގެ ފަރާތުން އަޙުމަދު މުޙައްމަދު އެވެ. ތްރީ ޓްރީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެއެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ އޮޕަރޭޝަން ކޮންސަލްޓަންޓް ޙަސަން ފައިރޫޒް އެވެ.

ފުނަދޫ ފުޓްބޯޅަ ދަނޑުގެ ލައިޓިންގ ސިސްޓަމް ޤާއިމްކުރުމަށް ތްރީ ޓްރީ މޯލްޑިވްސް އާއި ހަވާލުކުރީ 2،506،425.66 މިލިއަން ރުފިޔާއަށެވެ.

މި މަސައްކަތް ތްރީ ޓްރީ މޯލްޑިވްސް އާއި ހަވާލުކުރީ މަސައްކަތް ފަށާތާ 40 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭގޮތަށެވެ