ކުޅިވަރު

އިޓާލިއަން އޯޕަން: ހޮލްގާ އަތުން ބަލިވެ ޖޮކޮވިޗް ކަޓައިފި


އިޓާލިއަން އޯޕަން ޓެނިސް މުބާރާތުގެ ކްއާޓަރ ފައިނަލުން މުބާރާތުގައި އެއްވަނައަށް ސީޑް ކުރެވިފައިވި ސަރބިއާގެ ނޯވަކް ޖޯކޮވިޗް ބަލިވެއްޖެއެވެ.

ޖޯކޮވިޗް މިމުބާރާތަށް އަލްވަދާއު ކިޔަން ޖެހުނީ ކްއާޓަރ ފައިނަލްގައި ޑެންމާކްގެ އަރަމުން އަންނަ ތަރިއެއް ކަމަށްވާ ހޮލްގަރ ރޫން އާއި ބައްދަލުކުރި މެޗުން ދެސެޓް އެއްސެޓުން ބަލިވުމުންނެވެ.

މިމެޗް ރޫން ކާމިޔާބުކުރީ ހައެއް ދެއެއް، ހަތަރެއް ހައެއް އަދި ހައެއް ދެއަކުންނެވެ. މިއީ މިމަހުގެ ފަހުކޮޅު ފެށުމަށް ހަމަޖެހިފައިވާ ފްރެންޗް އޯޕަންއަށް ތައްޔާރުވުމަށް ޖޯކޮވިޗް ކުރަމުންދާ މަސައްކަތަށް އެޅިގެން ދިޔަ ވަރަށް ބޮޑު ހީނަރު ކަމެކެވެ.

މިކާމިޔާބީއާއެކު މިމުބާރާތުގެ ސެމިފައިނަލްގައި ރޫން ބައްދަލުކުރާނީ ނޯވޭގެ ކެސްޕަރ ރޫޑް އާއެވެ. މިއަންނަ ހަފްތާގައި ނެރޭ ދުނިޔޭގެ ރޭންކިންގގައި ޖޯކޮވިޗް ފަހަތަށް ޖައްސާލާ ސްޕެއިންގެ ކާލޯސް އަލްކަރާޒް ރޭންކިންގެ އެއްވަނައަށް އަރާނެއެވެ. މިމުބާރާތުގެ ސެމީފައިނަލުން ރޫޑް ޖާގަ ހޯދީ ކްއާޓަރ ފައިނަލްގައި އާޖެންޓީނާގެ ފްރެންސިސްކޯ ސެރުންޑޯލޯ އާއި ބައްދަލުކޮށް ސީދާ ދެސެޓުން މެޗް ކާމިޔާބުކޮށްގެންނެވެ. އެއީ ހަތެއް ހައެއް އަދި ހައެއް ހަތަރަކުންނެވެ.