ކުޅިވަރު

މާމެންދޫ އައުޓްޑޯ ވޮލީކޯޓް ތަރައްޤީކުރުމަށް ބަޔަކާ ހަވާލުކޮށްފި


ލ. މާމެންދޫ އައުޓްޑޯ ވޮލީކޯޓް ތަރައްޤީކުރުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގައި ކުރިޔަށްގެންދިޔަ ރަސްމިއްޔާތެއްގައި ލ.މާމެންދޫ އައުޓްޑޯ ވޮލީކޯޓް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މެކްސްޓަރ މޯލްޑިވްސް އާއެކުއެވެ.

މި އެއްބަސްވުމުގައި ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ޑެޕިއުޓީ މިނިސްޓަރ އަޙުމަދު ފުޢާދު އެވެ. މެކްސްޓަރ މޯލްޑިވްސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މުޙައްމަދު އިބްރާހިމް އެވެ.

ލ.މާމެންދޫ އައުޓްޑޯ ވޮލީކޯޓް ތަރައްޤީކުރުމަށް މެކްސްޓަރ މޯލްޑިވްސް އާއި ހަވާލުކުރީ 1،374،178.01 (އެއް މިލިޔަން ތިންލައްކަ ހަތްދިހަ ހަތަރުހާސް އެއްސަތޭކަ ހަތްދިހަ އަށް ރުފިޔާ އެއް ލާރި) އަށެވެ. މި މަސައްކަތް މެކްސްޓަރ މޯލްޑިވްސް އާއި ހަވާލުކުރީ މަސައްކަތް ފަށާތާ 35 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭގޮތަށެވެ.