ކުޅިވަރު

ބްރައިޓަން ބަލިކޮށް ނިއުކާސަލް ޗެމްޕިއަންސް ލީގާ ގާތަށް


އިނގިރޭސި ޕްރިމިއާ ލީގުގައި ނިއުކާސްލް ޔުނައިޓެޑާއި ބްރައިޓަން އެންޑް ހޯވް އެލްބިއަން ބައްދަލުކުރިމެޗް ނިއުކާސްލް އިން ކާމިޔާބުކޮށް މިއަންނަ ސީޒަންގައި ޗެމްޕިއަންސް ލީގުގައި ކުޅުމުގެ ފުރުސަތު ބޮޑު ކޮށްފިއެވެ.

ނިއުކާސްލްގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމުން ކާމިޔާބުކުރީ ހަތަރު ލަނޑު އެއްލަނޑުންނެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ބްރައިޓަންއިން ގިނަ އިރު ބޯޅަ ގެންގުޅުނު ނަމަވެސް ގިނަ ހަމަލާ އުފައްދާފައިވަނީ ނިއުކާސްލްއިންނެެވެ. މިމެޗްގެ ފުރަތަމަ ލަނޑަކީ ބްރައިޓަންގެ ފޯވަޑް ޑެނިޒް އުންޑާވް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މިއީ މިފަހަރު ޕްރިމިއަރ ލީގުގައި ބްރައިޓަންގެ ކުޅުންތެރިން އަތުން ބައިކޮޅަށް ވަން ހަވަނަ ލަނޑެވެ. މިމެޗްގައި ނިއުކާސްލްގެ ދެވަނަ ލަނޑު ޖަހާ އެޓީމްގެ ލީޑު ފުޅާކޮށްދިނީ ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ޑޭން ބަރން ޖަހަދިން ލަނޑުންނެވެ. މިމެޗްގައި ބްރައިޓަންއިން ޖެހި ހަމައެކަނި ލަނޑު މެޗްގެ 51 ވަނަ މިނެޓްގައި ޖަހާދިނީ އުންޑާވްއެވެ. މިލަނޑާއެކު މެޗްގެ ބާކީ އޮތް ބައި ފޯރިގަދަވެގެން ދިޔަ ނަމަވެސް ބްރައިޓަންއަށް އިތުރު ލަނޑެއް ކާމިޔާބު ކުރެވޭގޮތެއްނުވިއެވެ. މިމެޗްގައި ނިއުކާސްލްގެ ތިންވަނަ ލަނޑު ޖަހާ އެޓީމަށް ހަމަޖެހުން ގެނެސްދިނީ 89 ބަނަ މިނެޓްގައި ކެލުމް ވިލްސަންއެވެ. އަދި ނިއުކާސްލްގެ ފަހު ލަނޑު މެޗްގެ އިތުރު ވަގުތުގައި ޖަހާދިނީ ބްރޫނޯ ގިމަރާއީސްއެވެ.

މިކާމިޔާބީއާއެކު ނިއުކާސްލްއަށް މިހާރުވަނީ 36 މެޗުން 69 ޕޮއިންޓް ހޯދާ ތާވަލްގެ ތިންވަނައިގާ ތިން ޕޮއިންޓްގެ ލީޑެއ ނަގާފައެވެ. އަދި ބާކީ އޮތް ދެމެޗްގެ ތެރެއިން އެއްމެޗް ކާމިޔާބު ކުރުމާއެކު ނިއުކާސްލްއަށް ޗެމްޕިއަންސް ލީގު ކަށަވަރުވެގެންދާނެއެވެ. މިމެޗުން ބަލިވުމާއެކު ބްރައިޓަން މިހާރު އުޅެނީ 35 މެޗުން ލިބިފައިވާ 58 ޕޮއިންޓާއެކު ތާވަލްގެ ހަވަނައިގައެވެ.