ކުޅިވަރު

އައިއޯއައިޖީ 2023: ރާއްޖޭގެ އެތުލެޓިކްސް ޓީމު އިޢުލާންކޮށްފި


އަންނަ އޯގަސްޓް މަހު މަޑަގަސްކަރައިގައި ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ވާދަކުރާ ރާއްޖޭގެ އެތުލެޓިކްސް ޓީމު އިޢުލާންކޮށްފިއެވެ.

މި ފަހަރުގެ ގޭމްސްގައި އަންހެން އެތުލީޓުންގެ ޓީމަކާއި ފިރިހެން އެތުލީޓުންގެ ޓީމެއް ވާދަކުރާނެއެވެ. އެތުލެޓިކްސް ޓީމުގައި ހިމެނެނީ ޖުމްލަ 20 އެތުލީޓުންނެވެ. އެއީ އަންހެން 10 އެތުލީޓުންނާއި ފިރިހެން 10 އެތުލީޓުންނެވެ.

އަންހެން ޓީމުގައި ހިމެނެނީ އައިޝަތު ހިމްނާ ޙަސަނާއި، މަރިޔަމް ރޫޔާ އަލީ އާއި، މަރިޔަމް އަލްހާ ޙުސެއިނާއި، އަހްނާ ނިޒާރާއި، ހައްވާ މުޒްނާ ފާއިޒާއި، ޒިވާ މޫޝާ ޝަފީއު އާއި، އައިމިނަތު ލަޔާނާ މުޙައްމަދާއި، ފަސޫހާ އަޙުމަދާއި، ޝަމްހާ އަޙުމަދު އަދި އައިޝަތު ޝަބާ ސަލީމެވެ.

ފިރިހެން ޓީމުގައި ހިމެނެނީ ޙަސަން ސާއިދާއި، ޙުސެއިން ރިޒާ އާއި، ޔޫސުފް އިބްރާހީމާއި، ޙުސެއިން ފަޒީލް ހާރޫނާއި، މުޙައްމަދު މިންހާލް ޝާމިނާއި، އިބްރާހީމް ނާހިލް ނިޒާރާއި، އަބްދުއް ރަޝީދު އިސްމާޢީލާއި، އާދަމް ރިފްއަތާއި، ޙުސެއިން ޒީކް ސައުދު އަދި އަޙުމަދު ނަޖުދާން ޢަބްދުﷲ އެވެ.

އައިއޯއައިޖީއަށް ތައްޔާރުވުމުގެ ގޮތުން އެތުލެޓިކްސް ޓީމު ވަނީ ދާދި ފަހުން ތައިލެންޑުގައި އޮތް އޭޝިއަން ޗެމްޕިއަންޝިޕުގައި ވާދަކޮއްފައެވެ. އަދި މި މަހުގެ ފަހުކޮޅު ލަންކާގައި އޮންނަ އެތުލެޓިކްސް މުބާރާތެއްގައިވެސް ދިވެހި އެތުލީޓުން ވާދަކުރާނެއެވެ.

މި އަހަރުގެ އައިއޯއައިޖީ މަޑަގަސްކަރައިގައި އޮންނާނީ އަންނަ މަހުގެ 23 އިން ސެޕްޓެމްބަރު މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށެވެ.