ރިޔާސީ އިންތިހާބު

އިލްޔާސް ކެމްޕެއިންގަ މާލޭގައި ދޮރުންދޮރަށް


  • އިލްޔާސް ގެ ކެމްޕޭން ހަރަކާތް ތައް މަލޭގައި ވަނީ ފަށާފައި

  • މިއަދު ޒިޔާރަތް ކުރީ ގަލޮޅު އުތުރު، ގަލޮޅު ދެކުނު އަދި ވިލިމާލެއައް

  • ކެމްޕޭން ދަތުރުފުޅެއްގައި އޮގަސްޓް 11 ގައި އިލްޔާސް ހުވަދޫއަށް ވަޑައިގަންނާވަނެ

އަންނަ މަހު އޮންނަ އިންތިހާބުގައި ވާދަކުރައްވާ ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް، އިލްޔާސް ލަބީބު، މާލޭގައި ދޮރުންދިރަށް ކެމްޕެއިން ހަރަކާތެއް ބާއްވައިފިއެވެ. އިލްޔާސް މިއަދު ދޮރުން ދޮރައް ޒިޔާރަތްކުރެއްވި ގަލޮޅު އުތުރު، ގަލޮޅު ދެކުނު އަދި ވިލިމާލޭގައެވެ.

ދޮރުންދޮރަށް ވަޑައިގެން އިލްޔާސްވަނީ އިންތިޚާބު ކާމިޔާބުކުރެއްވިއްޖެނަމަ ރައްޔިތުންގެ ކުރިއެރުމަށް ކޮށްދެއްވާނެ ގިނަ ކަންކަން ރައްޔިތުންނާ ހިއްސާކުރައްވާފައެވެ.

އިލްޔާސް މާލޭގައި ދޮރުންދޮރަށް ކެމްޕެއިން ހަރަކާތެއް ކުރިއަށްގެންގޮސްފައިމިވަނީ، ފުވައްމުލައްސިޓީއަށް ކުރެއްވި ކެމްޕެއިން ދަތުރުފުޅަށްފަހުއެވެ. ދަ ޑިމޮކްރެޓްސްއިން ބުނީ، ކެމްޕެއިން ހަރަކާތުގައި މިމަހުގެ 11ގައި އިލްޔާސް ވަޑައިގަންނަވާނީ ހުވަދުއަތޮޅަށްކަމަށެވެ.

އިލްޔާސްގެ ރަނިންމޭޓެއްގެ ގޮތުގައި ހަމަޖައްސަވާފައިވަނީ އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ޢަމްރެވެ.