ޚަބަރު

ކުޅުދުއްދުށީގައި މަތީ ތަޢުލީމް ފުޅާކޮށް، ކެމްޕަސް އިތުރަށް ތަރައްޤީކުރާނަން: އިލްޔާސް


  • މަތީ ތައުލީމުގެ ކޯސް ތަކައި ޕްރޮގްރާމް ތަކުގައި 1000 ކުދިން އުޅޭ

  • އެކޮމޮޑޭޝަންއާއި އެހެން ވަސީލަތްތައް ތަރައްގީ ކޮއްދޭނެކަމަށް ވިދާޅުވި

  • އެ ރަށުގެ ބަންދަރު ތަރައްގީ ކުރައްވާނެކަމަށް ވިދާޅުވި

ކުޅުދުއްފިށީ ސިޓީގައި ހުރި ޤައުމީ ޔުނިވަރސިޓީގެ ކެމްޕަސް އިތުރަށް ތަރައްޤީކުރައްވާ މަތީ ތަޢުލީމްގެ ފުރުޞަތުތައް ފުޅަކުރައްވާނެކަމަށް ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބު ވިދާޅުވެއްޖެއެވެ.

ކެމްޕެއިން ދަތުރުފުޅުގައި ކުޅުދުއްފުއްޓަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން އިލްޔާސް ވިދާޅުވީ، ކުޅުދުއްފުށީގައި މަތީ ތަޢުލީމު ހާސިލްކުރާ ދަރިވަރުންނަށް ވަރަށް ބޮޑެތި ގޮންޖެހުންތައް އެބަހުރިކަމަށެވެ. އެގޮތުން ކެމްޕަސްގެ ޖާގައިގެ ދަތިކަން ހުރިކަން ފާހަގަކުރައްވަމުން އިލްޔާސް ވިދާޅުވީ ޑިމޮކްރެޓްސްގެ ސަރުކާރެއްގައި ކުޅުދުއްފުށީ ކެމްޕަސް ބޮޑުކޮށް، އެކޮމިޑޭޝަނާއި، އިތުރު ވަޞީލަތްތައް ޤާއިމްކުރައްވާނެކަމަށެވެ.

މީގެ އިތުރުން، އެރަށުގެ އެހެނިހެން ތަރައްޤީގެ ކަންކަމަށް އަލިއަޅުއްވާލައްވަމުން އިލްޔާސް ވިދާޅުވީ، ޑިމޮކްރެޓްސްގެ ވެރިކަމެއްގައި އެރަށު ބަނދަރު އިތުރަށް ތަރައްޤީކުރައްވާނެކަމަށެވެ.

އިލްޔާސްގެ ވާހަކަފުޅުގައި، ކުޅުދުއްފުށީގައި ހަގީގީ ޓާޝަރީ ހޮސްޕިޮޓަލެއް ތަރައްޤީކުރައްވާނެކަމަށެވެ. އަދި ސްޕެޝަލިސްޓް ޑޮކްޓަރުންގެ ޚިދުމަތް ފުޅާކޮށް، ނުކުޅެދުންތެރިކަން ހުންނަ ކުދިންނައް ފަރުވާ ލިބޭނެ އިންތިޒާމް ހަމަޖައްސަވާނެކަމަށެވެ.

އިލްޔާސްގެ ކެމްޕެއިން ދަތުރުފުޅުގައި މިހާރު ވަޑައިގެން އުޅުއްވަނީ ބޮޑު ތިލަދުންމައްޗަށެވެ.