ޚަބަރު

ބޯހިޔާވަހިކަމަށް ފުރިހަމަ ޙައްލެއް ގެނެވޭނެ ޕްލޭނެއް އެބައޮތް: ފާރިސް


  • ބޮޑެތި މައްސަލަތައް ޙައްލުކުރުމަށް މާސްޓަރ ޕްލޭނެއް އެބައޮތްކަމަށް

  • ބޯހިޔާވހިކަން ހައްލުކުރެވޭނީ ސިޔާސީ ނުފޫޒެއްނެތިކަން

ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރެވޭނީ ސިޔާސީ ނުފޫޒުން އެއްކިބާވެ އެކުލަވާލާ ސިޔާސަތުތަކުންކަމަށް ރިޔާސީ އިންތިޚާބުގައި އަމިއްލަގޮތުން ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓް އަޙްމަދު ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ. ފާރިސް މިހެން ވިދާޅުވީ ޕީއެސްއެމްގެ "މެނިފެސްޓޯ" ޕްރޮގްރާމްގައި އެމަނިކުފާނުގެ ސިޔާސަތުތާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަމުއްނެއެވެ.

ފާރިސް ވިދާޅުވީ ބޯހިޔާވަހިކަންފަދަ ރައްޔިތުއްނާއި ގުޅުން ހުރި ބޮޑެތި މައްސަލަތައް ހައްލު ކުރުމުށް މާސްޓާރ ޕްލޭންއެއް އޮތުން މުހިންމު ކަމަށެެވެ.
ފާރިސް ވިދާޅުވީ މިހާރު ފެންނަމުންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަކީ ވަރަށް ޚަރަދު ބޮޑު އަދި އެކަންކަން ތަންފީޒު ކުރަން ދުވަސް ނަގާ ގޮތަށް ކުރިއަށްގެންދާ މަޝްރޫޢުތަކެއްކަމަށެވެ.

ފާރިސް ވިދާޅުވީ އެމަނިކުފާނުގެ ޕްލޭންގައި ދައުލަތުގެ އާމްދަނީ އިތުރުކޮށް، ބޯހިޔަވަހިކަމުގެ މައްސަލައަށް ގެނެވޭނެ ފުރިހަމަ ޙައްލެއް އެބައޮތްކަމަށެވެ.

" ހަގީގަތުގައި ބޯހިޔާވަހިކަން ޑިމާންޑް ނުވަތަ ބޭނުންވާ އަދަދަށް މާލެ ސަރަހައްދުގައި ލިބެން ހުރި އެޕާޓްމަންޓްތައް، ފްލެޓްތަކުގެ އަދަދައް ބަލާއިރު އަޅުނގަޑުމެން ހީކުރިވަރުގެ ފަރަގެއް ނޫޅެ. ޑިމާންޑް ބޮޑު އަދިވެސް. އެހެންނަމަވެސް އެކަނޑައަޅާފައިވާ ބާވައްތަކުގެ މައްސަލަ މިދިމާވަނީ ކޮމާޝަލްކޮން ޑިވްލޮޕްކޮށްފައި އެބަހުރި ބައިވަރު ތަންތަން. އެހެންނަމަވެސް އެތަންތަނަކީ އެފޯޑަބަލްތަންތަނެއް ނޫންއެއީ އާންމުއްނަށް." ފާރިސް ވިދާޅުވިއެވެ.

ފާރިސް ވިދާޅުވީ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް ފައިނޭންސް ކުރާނެ ޕްލޭނެއްވެސް އެބައޮތްކަމަށެވެ. އަދި ބޯހިޔާވަހިކަމަކީ ދުރުވިސްނުމެއްގައި ސިޔާސީ ނުފޫޒުން އެއްކިބާވެ ތިބެ ގޮތްތަކައް ނިންމައިފިނަމަ ރައްޔިތުންނަށް ޙައްލު ހޮދައިދެވޭނެ މައްސަލައެއްކަމަށްވެސް ފާރިސް ވިދާޅުވިއެވެ.