ކުޅިވަރު

އައިއޯއައިޖީ 2023: 100 މީޓަރު ދުވުމުގެ ޖޫނިއަރ ރިކޯޑު މިންހާލް މުގުރާލައިފި


މަޑަގަސްކަރައިގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގެ 100 މީޓަރު ދުވުމުގައި ވާދަކޮށް މުޙައްމަދު މިންހާލް ޝާމިން، ޤައުމީ ޖޫނިއާ ރިކޯޑު މުގުރާލައިފިއެވެ.

ސަތޭކަ މީޓަރު ދުވުމުގެ ހީޓު ތިނެއްގައި ވާދަކުރި މިންހާލް ދިޔައީ ހީޓުގެ ހަ ވަނަ އެވެ. އޭނާގެ ޓައިމިން އަކީ 10.90 ސިކުންތެވެ. މިންހާލްގެ މި ޓައިމިން އަކީ ގައުމީ ޖޫނިއާ ރެކޯޑް ޓައިމިން އެެވެ. މީގެ ކުރިން މި ރެކޯޑް އޮތީ 2021 ވަނަ އަހަރުގެ ނެޝަނަލް ޗެމްޕިއަންޝިޕްގައި ރެކޯޑް ހެދި އިބާދުﷲ އާދަމް އެވެ. އިބާދުﷲ ރެކޯޑް ހެދީ 10.95 ސިކުންތުން ރޭސް ނިންމައިގެންނެވެ.

މިންހާލް އަކީ ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ސްކޮލަޝިޕްގެ ދަށުން ޖެމެއިކާގައި ޓްރެއިނިން ފުރިހަމަ ކުރަމުން އަންނަ އެތުލީޓެކެވެ. މިދިޔަ އަހަރު ތުރުކީގެ ކޮންޏާގައި ބޭއްވި އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ވެސް މިންހާލް ވަނީ ވާދަކޮށްފައެެެވެ.