ޚަބަރު

އެމްބީސީގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުއްވާލައިފި


މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން މިއަދު ހުޅުއްވާލައްވައިފިއެވެ.

ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުއްވާލައްވާފައި މިވަނީ އެ ކޮމިޝަންގައި ހިމެނިވަޑައިގަންނަވާ 7 މެމްބަރުންގެ ތެރެއިން 6 މެމްބަރުންގެ މަޤާމުގެމުއްދަތު އަންނަ މަހުގެ 4 ވަނަދުވަހު ނިޔަލަށް ހަމަވާތީއެވެ.

ރައީސް އޮފީހުން މިއަދު ކުރެއްވި އިޢުލާންގައި ވަނީ ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރަކަށް ވުމަށްއެދޭ ފަރާތްތަކުން އެކަމަށް އެދި އަންނަ ބުރާސްފަތި ދުވަހުގެ ބާރައިގެ ކުރިން އެ އޮފީހަށް ހުށައެޅުއްވުމަށެވެ. އަދި ކޮމިޝަންގެ މެމްބަރުކަމަށް އެދި ހުށައަޅާ ފޯމާއި އިގްރާރް ރައީސް އޮފީހުގެ ވެބްސައިޓުން ލިބެން ހުންނާނެކަމަށެވެ.