ޚަބަރު

އުމަރުގެ ރަނިންމޭޓް ސަލީމްގެ ތާއީދު، ރައީސް ސާލިހަށް


  • އުމަރު ނަސީރަކީ އިންތިހާބުގައި ދެވަނައަށް އެންމެ ގިނަ ވޯޓް ލިބިވަޑައިގެންނެވި ކެނޑިޑޭޓް

  • މާޒް ސަލީމަކީ އުމަރުގެ ރަނިންމޭޓްގެ އިތުރުން، އޭނާ ހިމެނިވަޑައިގަންވަނީ އުމަރުގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި

  • ރައީސް ސާލިހަށް ތާއީދުކުރައްވާކަން ސަލީމް މިއަދު ވަނީ ހާމަކޮށްފައި

ހޮނިހިރުދުވަހު ބާއްވާ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސުްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް ތާއީދުކުރެއްވުމަށް ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އަމިއްލަގޮތުން ވާދަކުރެއްވި އުމަރުގެ ނަސީރުގެ ރަނިންމޭޓަކަށް ހުންނެވި އަހުމަދު ސަލީމް (މާްޒް ސަލީމް) ނިންމަވައިފިއެވެ.

އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް، ރައީސުްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް ތާއީދުކުރައްވާކަން ހާމަކުރެއްވީ މިއަދު ހުޅުމާލޭގައި ބޭއްވި ރައީސް ސާލިހުގެ ކެމްޕެއިން އިވެންޓްގެ ތެރެއިންނެވެ.

ރައީސް ސާލިހަށް ތާއިދުކުރާ ހުޅުމާލޭގެ ރައްޔިތުންނާއި އެމްޑީޕީގެ ސަޕޯޓަރުން ބޭއްވި މި ހަަރަކާތުގައި މާޒް ސަލީމްވެސް ވަނީ ބައިވެރިވެ، ރައީސް ސާލިހަށް ތާޢީދުކުރައްވާކަން ހާމަކުރައްވާފައެވެ.

ރައީސް ސާލިހަށް ތާއީދުކުރައްވާކަން މާޒް ސަލީމް ހާމަކޮށްފައި މިވަނީ ރިޔާސީ އިންތިޙާބުގެ ދެވަނަ ބުރުގައި އެއްވެސް ކެނޑިޑޭޓަކަށް ތާޢީދުނުކުރެއްވުމަށް އުމަރު ނަސީރު ނިންމަވާފައިވަނިކޮށެވެ.

ރިޔާސީ އިންތިހާބުގައި ޢުމަރު ނަޞީރަށް 4 ވަނަ ލިބިވަޑައިގަތީ 6343 ވޯޓާއެކުއެވެ. އެއީ އެއީ އިންތިހާބުގައި ވޯޓުލީ މީހުންގެ %2.87 ވޯޓެވެ. ފާހަގަކޮށްލެވޭ ގޮތުގައި އަމިއްލަގޮތުން ވާދަކުރައްވައިގެން އުމަރު ނަސީރު 4 ވަަނަ ހޯއްދެވީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި ތާޢީދު ބޮޑުކަމަށް ހީކުރެވުނު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އެމްއެންޕީގެ ލީޑަރު މުހައްމަދު ނާޒިމް ފަހަތަށް ޖައްސާލުމަށްފަހުއެވެ.

ދެވަނަ ބުރުގައި ރައީސް ސާލިހަށް ތާއީދުކުރަން ނިންމެވި މާޒް ސަލީމަކީ އުމަރުގެ ރަނިންމޭޓްގެ އިތުރުން، ސިޔާސީ މަސައްކަތުގައި އުމަރުގެ އެންމެ އަރިހުގައި ހުންނަވާ ބޭފުޅާއެެވެ.