ޚަބަރު

ބަނގުރާ ފުޅިތަކަކާއެކު ތިލަފުށިން މީހަކު ހައްޔަރުކޮށްފި


  • ހައްޔަރުކޮށްފައި ވަނީ 36 އަހަރުގެ ބިދޭސީއެއް

  • މި މީހާ ހައްޔަރުކުރީ މިމަހުގެ 15 ވަނަ ދުވަހު

  • ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަޙުޤީޤުކުރަމުން

ތިލަފުށީގައި ބިދޭސީން ބަނގުރާ ގެންގުޅެ، ވިއްކާކަމަށް ތިލަފުށި ޕޮލިހަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

މި އޮކްޓޯބަރ މަހުގެ 15 ވަނަ ދުވަހު ތިލަފުށި ޕޮލިހުން ހިންގިި އެ އޮޕަަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 36 އަހަރުގެ ބިދޭސީ ފިރިހެނެއްކަމަށް ފުލުހުން ވިދާޅުވެއެވެ.

މި މައްސަލައިގައި ބިދޭސީ މީހާ ހައްޔަރުކޮށް، އޭނާ ގެންގުޅުނު ފޮށިގަނޑުތައް ބަލައި ފާސްކުރި އިރު ތިން ފުޅި ބަނގުރާ އަދި ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 500 އެމްއެލްގެ 107 ފުޅި ފެނިފައިވައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންތައްތައް ފުލުހުން އަންނަނީ ތަޙުޤީޤުކުރަމުންނެވެ.