ޚަބަރު

އިމިގްރޭޝަނަށް ދިމާވި މައްސަލަ ހައްލުކޮށް، ޚިދުމަތް ދޭން ފަށައިފި


  • ޚިދުމަތަށް ބުރުއެރީ މިއަދު މެންދުރު 11:30 ހާއިރު

  • ގަޑިއިރެއް ތެރޭ މި މައްސަލަވަނީ ހައްލުކޮށްފަ

  • އެވަގުތު ތެރޭ ޚިދުމަތް ދެމުން ދިޔައީ މެނުއަލްކޮށް

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އިމިގްރޭޝަން ޕްރޮސެސިންއަށް ދިމާވި ޓެކްނިކަލް މައްސަލަ ހައްލުކޮށް އަލުން އެ ޚިދުމަތް ދޭން ފަށައިފިއެވެ.

އިމިގްރޭޝަން ޕްރޮސެސިންއަށް މައްސަލައެއް ކުރިމަތިވީ މިއަދު މެންދުރު 11:30 ޖަހާކަންހާއިރެވެ. މި މައްސަލައިގެ ސަބަބުން މަސައްކަތްތަކަށް ވަގުތު ނަގައި ކިޔުތައް ދިގުވެދާނެކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމް.އޭ.ސީ.އެލްއިން ލަފާކުރިއެވެ. ނަމަވެސް 2 ގަޑިއިރެއްހާއިރުތެރޭގައި މި މައްސަލަވަނީ ހައްލުކޮށްފައެވެ. އަދި ކުރިންވެސް ޚިދުމަތް ދެމުން އައި ގޮތަށް ޚިދުމަތް ދެމުން އަންނަކަމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ބުނެއެވެ.


މިފަދަ މައްސަލަތައް ކުރިމަތިވުމުން ވިސާ މެނުއަލްކޮށް ޕްރޮސެސްކުރާނެ ގަވާއިދެއް އިމިގްރޭޝަނުން ކަނޑައަޅާފައި ވެއެވެ. އެހެންކަމުން އެ ވަގުތު އިމިގްރޭޝަން ޕްރޮސެސްގެ މަސައްކަތްތައް ކުރިއަށް ގެންދިޔައީ މެނުއަލްކޮށެވެ.