ޚަބަރު

އިމިގްރޭޝަން ކޮންޓްރޯލަރަކަށް ޝަމްޢާން ޢައްޔަންކުރައްވައިފި


  • މަޤާމުގެ ފަތްކޮޅު އެރުވީ ރައީސް ޑރ. މުޢިއްޒު

  • ޝަމްޢާން ވަހީދު ވަނީ އިމިގްރޭޝަންގައި 14 އަހަރު ޚިދުމަތްކުރައްވާފައި

މޯލްޑިވްސް އިމިގްރޭޝަން ކޮންޓްރޯލަރ މަޤާމަށް މުޙައްމަދު ޝަމްޢާން ވަޙީދު ޢައްޔަންކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މޯލްޑިވްސް އިމިގްރޭޝަންގެ ކޮންޓްރޯލަރ ޖެނެރަލްގެ މަޤާމަށް މުޙައްމަދު ޝަމްޢާން ވަޙީދު ޢައްޔަން ކުރެއްވީ ރައީސުލްޖޫމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ރައީސް ވަނީ ޝަމްޢާނަށް މަޤާމުގެ ފަތްކޮޅުއަރުއްވާފައެވެ. ޝަމްޢާން ވަނީ އިމިގްރޭޝަންގައި 14 އަހަރު ޚިދުމަތްކުރައްވާފައެވެ.

އިމިގްރޭޝަން ކޮންޓްރޯލަރ ޖެނެރަލްގެ މަޤާމު އެންމެފަހުން ފުރުއްވީ އަޙްމަދު މުޙައްމަދު ޙުސައިނެވެ.