ޚަބަރު

ސްކޫލް ބަންދުގައި މޫސުން ގޯސް، ދަތުރުކުރުމުގައި ސަމާލުވޭ


  • ކުރިއަށް އޮތް ހަފްތާގައި ވައިބާރުވާނެ

  • ހަފްތާގެ ފަހުކޮޅަށް ދާއިރު ކަނޑުތައް ގަދަވާނެ

  • ދަތުރުކުރާ މީހުން ވަރަށް ބޮޑަށް ސަމާލުވާނެޖެހޭނެ

ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ރާއްޖޭގެ ބޮޑުބަޔަކަށް ވައިބާރުވެ ކަނޑުތައްވެސް އިތުރަށް ގަދާވެނެކަމަށް ލަފާކުރެވޭކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާ،، މެޓް އޮފީހުން ވިދާޅުވެއްޖެއެވެ.

މޫސުން ލަފާކުރާ ގޮތަށްބަލާއިރު ކުރިއަށްއޮތް ހަފްތާއިންފެށިގެން ހަފްތާގެ ފަހުކޮޅަށްދާއިރު ރާއްޖޭގެ ހުރިހާ ހިސާބުތަކެއްގައި ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެއެވެ. އެހެންކަމުން ކަނޑުދަތުރުކުރާ އެންމެހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސްކުރެއެވެ. ރާއްޖޭގެ އުތުރުގެ ރަށްތަކަށް ވިއްސާރައިގެ އަސަރު ކުޑަވާނެކަމަށް ލަފާކުރެވުނު ނަމަވެސް ވައިގަދަވާނެ ކަމަށާ، މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.

މޫސުން ގޯސް ދުވަސްވަރު، ކޮންމެހެން ކުރަންޖެހިގެން ނޫނީ ކަނޑުދަތުރުތައް ނުކުރުމަށް މެޓް އޮފީހުން އިލްތިމާސްކުރައްވައެވެ. ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ކުރާއިރުވެސް، ކަނޑުދަތުރުފަތުރުކުރުމުގައި އަޅަންޖެހޭ ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް މެޓް އޮފީހުން އިލްތިމާސްކުރައްވައެވެ.

ފާއިތުވި 24 ގަޑިއިރުގެތެރޭގައި އެންމެ ބޯކޮށް ވާރޭ ވެހިފައިވަނީ އައްޑޫ ސިޓީ ހިތަދުއާއި މާލެ ސިޓީއަށް ކަމަށް މެޓް އޮފީހުން ވިދަޅުވެއެވެ. މީގެއިތުރުން އުތުރުގެ އެކި ހިސާބުތަކަށްވެސް ވިއްސާރައިގެ އަސަރު ކޮށްފައިވާކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ. ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ މޫސުމީ ވިއްސަރައެއްކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ.