ޚަބަރު

ޑޮމިނިކަން ރިޕަބްލިކްގެ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި


  • ރައީސްވަނީ އެޤައުމަށް ކުރިއެރުމާއި ތަރައްޤީއަށް އެދިވަޑައިގެންފައި

  • ޑޮމިނިކަން ރިޕަބްލިކް މިނިވަން ދައުލަތެއްގެ ގޮތުގައި ކަނޑައެޅީ 1884 ވަނަ އަހަރު

ޑޮމިނިކަން ރިޕަބްލިކްގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ރައީސް ލުއިސް ރޮދޮލްފޯ އަބިނަދޭރް ކޮރޯނާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާއާއި މުބާރިކްބާދީ ފޮނުއްވައިފިއެވެ.

މިނިވަން ދުވަހުގެ ތަހުނިޔާ ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވެވި މެސެޖުގައި ޑޮމިނިކަން ރިޕަބްލިކްގެ ރައްޔިތުންނަށް ހެޔޮ އެދުމާއި ތަހުނިޔާ، ދިވެހިރާއްޖޭގެ ސަރުކާރާއި ރައްޔިތުންގެ ފަރާތުން އެދޭކަމަށް ވިދާޅުވިއެވެ.

މި މެސެޖު ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާވަނީ ޑޮމިނިކަން ރިޕަބްލިކްގެ ރައީސަށް ރަނގަޅު ސިއްޙަތަކަށާއި ޤައުމަށް ކުރިއެރުމާއި ތަރައްޤީއަށް އެދިވަޑައިގެންފައެވެ.

ޑޮމިނިކަން ރިޕަބްލިކް މިނިވަން ދައުލަތެއްގެ ގޮތުގައި ކަނޑައެޅީ 1884 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހުއެވެ.