ޚަބަރު

24 އަހަރުގެ ޒުވާނަކު ގެއްލިގެން ހޯދަނީ


  • ގެއްލިގެން ހޯދަމުންދަނީ ޏ. ފުވައްމުލައް، އަޙްމަދު ޢިޔާޝް ވަސީމް

  • އޭނާގެ ޚަބަރެއް އެންމެފަހުން އާއިލާއަށްވެފައިވަނީ މިމަހު 14ގައި

24 އަހަރުގެ ޒުވާން ފިރިހެނަކު ގެއްލިގެން ފުލުހުން ހޯދަން ފަށައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ޏ. ފުވައްމުލައް، ދިގުވާނޑު/އެފްރޯ، އަޙްމަދު ޢިޔާޝް ވަސީމް އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާކަމަށް ރިޕޯޓުކޮށްފައިވާތީ އެކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ޢިޔާޝް އެންމެ ފަހުން ފެނިފައިވަނީ މިމަހުގެ 14 ވަނަ ދުވަހުކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

އަޙްމަދު ޢިޔާޝް ވަސީމްގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ނަމްބަރު 9790163 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުންވަނީ އެދިވަޑައިގެންފައެވެ.