ޚަބަރު

ޖަރުމަނުގެ ދިދައިގައި ހުދެއް ނުހިމެނޭ، ދެން ހުދު ޖާޒީ ލަނީ ކީއްވެ؟


ޔޫރޯ 2024ގެ ގަދަ 16 ޓީމްގެ ތެރެއިން އެންމެ ފުރަތަމަ ޖާގަ ހޯދީ މުބާރާތް ބާއްވާ ޖަރުމަނުވިލާތެވެ. މުބާރާތުގައި މިހާތަނަށް ޓީމުތަކުން ދެއްކި ކުޅުމަށް ބަލާއިރު އެންމެ ރަނގަޅު ކުޅުމެއް ދެއްކި އެއް ޓީމަކީވެސް ޖަރުމަންވިލާތެވެ. މުބާރާތުގެ ފެވަރިޓުންގެ ލިސްޓްގައި ޖަރުމަންވިލާތް އޮތީ ޓޮޕް ތިނެއްގައެވެ.

މިފަހަރު ޖަރުމަނާ މެދު އޮތް ސުވާލަކީ ހޯމް ޖަރޒީގެ ގޮތުގައި ހުދު ޖަރޒީ ޖަރުމަނުން ބޭނުން ކުރަނީ ކީއްވެތޯ އެވެ؟ ޖަރުމަނުގެ ދިދައިގަ ހުދު ކުލައެއް ނުހިމެނެއެވެ. ދިދައިގަ ހިމެނެނީ ކަޅާއި ރަތާއި، ރީނދުލެވެ. އެކަމަކު ބޭނުން ކުރަނީ ހުދު ޖަޒީއެވެ.

އޭގެ ސަބަބަކީ ޖަރުމަނުގެ ސަރަޙައްދުތައް ޕުރޫޝިޔާގެ ނަމުގައި 1877 ވަނަ އަހަރު އެއްކޮށް، އެއް ގައުމެއްގެ ގޮތުގައި އޮތް އިރު ނިންމާފައި އޮތް ނިންމުމެކެވެ. 1899 ވަނަ އަހަރުގެ ނިންމުމަކީ ގައުމީ ފުޓްބޯޅަ ޓީމް ސާފް ހުދު ކުލައިގެ ޖަރޒީ ކިޓް ބޭނުން ކުރުމެވެ. މިއަހަރުގެ ޔޫރޯގައި ޖަރުމަނުން ހުދު ޖަރޒީ ބޭނުން ކުރަނީވެސް އެނިންމުމަށް އިހުތިރާމް ކޮށްގެންނެވެ. އޭރުވެސް ޖަރުމަނުގެ ދިދައިދައި ބާޒުގެ ނިޝާން ހިމެނެއެވެ. މިހާރުވެސް ޖަރުމަނުގެ ރަސްމީ ދިދައިގަ ބާޒުގެ ނިޝާން ހިމެނެއެވެ. ފުރަތަމަ ބޮޑު ހަނގުރާމަ 1918ވަނަ އަހަރު ނިމުމުން ޖަރުމަންވިލާތުގެ ރަސްކަން ވެސް ނިމުމަކަށް އައެވެ. ނަމަވެސް ޤައުމީ ޓީމު ހުދު ކުލަ ބޭނުންކުރުން ހުއްޓައެއް ނުލައެވެ.

ދެޖަރުމަނު އުފެދުނީ ދެވަނަ ބޮޑު ހަނގުރާމައަށް ފަހު 1945 ވަނަ އަހަރު އެވެ. އޭގެ ތެރެއިން އީސްޓް ޖަރމަނީ ބޭނުން ކުރީ ނޫކުލައިގެ ޖަރޒީއަކާއި ހުދު ކުލައިގެ ޖަރޒީއެކެވެ. އެ ޤައުމު ފީފާގެ މެމްބަރެއްގެ ގޮތުގައި 1951-1990 އަށް ދެމި އޮތެވެ.

މުބާރާތުގައި ވާދަކުރާ ގައުމުތަކުގެ ތެރެއިން ދިދައިގަ ނުހިމެނޭ ކުލައެއްގެ ޖަރޒީ ބޭނުން ކުރާ ހަމައެކަނި ގައުމަކީ ޖަރުމަނެއް ނޫނެވެ. ނެދަލެންޑްސް އިން އޮރެޖްން ޖަރޒީ ބޭނުން ކުރާއިރު އެކުލައަކީ އެގައުމުގެ ދިދައިގަ ހިމެނޭ ކުލައެއް ނޫނެވެ.

ޖަރުމަނު ކުޅުންތެރިން ގައުމީ ސަލާމްގައި ބޭނުންކުރާ ޖެކެޓްގައި ހުރި ޚާއްޞަ ކަމެއް ކުރިން ފާހަގަ ކުރެވިފައި ވާނެއެވެ. އެއީ މެޔާ ދިމާލުން ޖެކެޓްގެ އެއް ފަޅީގައި ޖަރުމަނުގެ ޗާޓަކާއެކު، އެކުޅުންތެރިޔާ ނިސްބަތްވާ ސަރަހައްދު ފާހަގަކޮށްފައި އޮތުމެވެ. އަދި އަނެއް ފަޅީގައި ކުޅުންތެރިޔާ ގައުމީ ޓީމަށް ކުޅުނު މެޗުގެ އަދަދު ފާހަގަ ކޮށްފައި އޮތުމެވެ އެކުޅުންތެރިޔާ އަކީ ގައުމީ ޓީމަށް 50 މެޗު ނުވަތަ 100 މެޗު ހަމަކޮށްފައިވާ ކުޅުންތެރިއެއްކަން އިނގޭނެއެވެ.