ޚަބަރު

ސްޓެލްކޯއިން ލޭހަދިޔާ ކުރުމުގެ ކޭމްޕެއް ކުރިއަށްގެންގޮސްފި


  • ލޭ ހަދިޔާކުރުމުގެ ކޭމްޕް ކުރިއަށްގެންދިޔައީ އެމްބީއެސްއާ ގުޅިގެން

  • 70 އަށްވުރެ ގިނަ މުވައްޒަފުން ލޭ ހަދިޔާ ކޮށްފައިވޭ

  • އެކި ތަންތަނާ ގުޅިގެން އެމްބީއެސްއިން ބްލަޑް ކޭމްޕުތައް ބާއްވާ

ސްޓޭޓް އިލެކްޓްރިކް ކޮންޕެނީ ލިމިޓެޑް، ސްޓެލްކޯއިން އިސްނަގައިގެން ލޭ ހަދިޔާކުރުމަށް ކޭމްޕެއް ބާއްވައިފިއެވެ.

މި ކޭމްޕް ކުރިއަށް ގެންގޮސްފައިވަނީ މާލޭގައި ހުންނަ ސްޓެލްކޯގެ މައި ޢިމާރާތުގައެވެ. މިކޭމްޕްގައި ގާތްގަޑަކަށް 100އެއްހާ މުވައްޒަފުން ލޭ ހަދިޔާކޮށްފައިވާ ކަމަށް ސްޓެލްކޯއިން ބުނެއެވެ.

މޯލްޑިވިއަން ބްލަޑް ސަރވިސަސްއާ ގުޅިގެން ސްޓެލްކޯއިން މިކޭމްޕް ކުރިއަށް ގެންގޮސްފައިވަނީ ލޭ ހަދިޔާކުރަން ބޭނުންވާ ހުރިހާ މުވައްޒަފުންނަށްވެސް ހުޅުވާލައިގެންނެވެ. ލޭ ހަދިޔާ ކުރުމުގެ މިކޭމްޕަށް މުވައްޒަފުން ދިން ތަރުހީބަށް ސްޓެލްކޯއިން ވަނީ ޝުކުރުއަދާކޮށްފައެވެ.

ސްޓެލްކޯއިން ބުނީ ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއް ހިންގުމުގެ ބޭނުމަކީ ލޭ ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ލޭ ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގައި ޙިއްސާވުން ކަމަށެވެ.

ސްޓެލްކޯއިން ބުނީ ލޭ ހަދިޔާކުރުންފަދަ ޕްރޮގުރާމުތައް ކުރިއަށްގެންދިއުމަށް ޚާއްސަ އިސްކަމެއްދޭ ކަމަށާއި، މުވައްޒަފުންނަށް އަމާޒުކޮށްގެން މިފަދަ ޕްރޮގުރާމުތައް ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާކަމަށެވެ.

މޯލްޑިވިއަން ބްލަޑް ސަރވިސަސް، އެމްބީއެސްއިން ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އެކި މުއައްސަސާތަކާ ގުޅިގެން ލޭ ހަދިޔާކުރުމުގެ ކޭމްޕުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބާއްވައެވެ.