ލޭނު އަޅައިގެން މަސްވެރިކަން ކުރަން ހުޅުވައިލަން ނިންމެވި ނިންމެވުމަށް އަމަލުނުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމެވި ނިންމެވުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު މަރުޙަބާ ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ލޭނު މަސްވެރިކަން ކުރަން ހުޅުވައިނުލުމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ނިންމެވިއިރު، ލޭނު މަސްވެރިކަން ކުރަން ހުއްދަ ނުދިނުމަށް ބައެއް ފަރާތްތަކުން ގޮވާލަމުންދާ ދަނޑިވަޅެއްގައެވެ.
ލޭނު އަޅައިގެން މަސްވެރިކަންކުރަން ހުޅުވާލަން ނިންމެވި ނިންމެވުމަށް އަމަލުނުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމެވުމުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރައީސުލްޖުމްހޫރިއްޔާއަށް މަރުހަބާ ވިދާޅުވެފައެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި މުޙައްމަދު ނަޝީދު ވިދާޅުވީ ލޭނު މަސްވެރިކަމަށް ހުއްދަ ދިންނަމަ ބައިނަލްއަޤްވާމީ ބާޒާރުގައި ރާއްޖޭގެ މަސްވެރިކަމަށް ލިބިފައިވާ އިތުބާރާއި ޤަދަރު ވެއްޓި، ފަތުރުވެރިކަމުގެ ދާއިރާއަށްވެސް އެކަމުގެ ނޭދެވޭ އަސަރުކުރާނެކަމަށެވެ. އަދި މިކަމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ނިންމެވީ، ނިންމެވެން އޮތް އެންމެ ރަނގަޅު ނިންމުންކަމަށްވެސް ރައީސްަ ނަޝީދު ވިދާޅުވިއެވެ.
Congratulations, President Muizz, for scrapping the Fisheries Ministry's plan for long-lining in Maldives. It would have damaged our tourism brand, and the global reputation of Maldivian tuna fisheries. It's the right call. @MMuizzu
— Mohamed Nasheed (@MohamedNasheed) August 29, 2024
ރައީސް ނަޝީދުގެ ޓްވީޓްގައި ވިދާޅުވީ ރާއްޖޭގައި ދޮށީގެ މަސްވެރިކަން ކުރާއިރު، ރާއްޖެއަކީ އެންމެ ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަންކުރާ ޤައުމުކަމަށެވެ. އަދި ވިލާތުގެ ޤައުމުތަކުން ދާ އަޅައިގެން ކަނޑުގައި އޮންނަހާ އެއްޗެއް ނަގަމުންދާއިރު، ރާއްޖެފަދަ ދެމެހެއްޓެނިވި މަސްވެރިކަމެއް ކުރާ ޤައުމަކުން ޔޫރަޕުން އެކްސްޕޯޓްކުރާ މަހުން ޑިއުޓީ ނެގުން ބަދަލުކުރަންޖެހޭކަމަށެވެ.