ޚަބަރު

އިންޑިއާއާއެކު ކަރަންސީ ސްވޮޕް އެގްރީމަންޓާއެކު 5 އެއްބަސްވުމެއް އެކުލަވާލައިފި


  • ރާއްޖެއަށް މުހިންމު ދާއިރާތަކަކުން ވަނީ އެއްބަސްވުން ޤާއިމުކޮށްފައި

ރާއްޖެއާއި އިންޑިއާ ދެމެދު ކަރަންސީ ސްވޮޕް އެގްރީމަންޓް ހިމެނޭހެން އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް 5 އެއްބަސްވުމެއް އެކުލަވާލައިފިއެވެ.

މި އެއްބަސްވުންތައް އެކުލަވާލާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއަށް މިހާރު ކުރައައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދުއެވެ.

މި އެއްބަސްވުންތައް ބަދަލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި ރާއްޖެއާއި އިންޑިއާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ރާއްޖެއާއި އިންޑިއާއާ ދެމެދު ވެފައިވާ އެއްބަސްވުންތަކުގެ ތެރެއިން އެންމެ މުހިންމު އެއް އެއްބަސްވުމަކީ ކަރަންސީ ސްވޮޕް އެގްރީމަންޓެވެ. މި އެއްބަސްވުން އެކުލަވާލާފައިވަނީ މަރުކަޒީ ބޭންކް އެމްއެމްއޭއާއި އިންޑިއާގެ ރިސަރވް ބޭންކާ ދެމެދުގައެވެ.

އިންޑިއާއާއި ރާއްޖެއާ ދެމެދު އެކުލަވާލާފައިވާ އިތުރު އެއްބަސްވުންތައް:

- ކޯޕަރޭޝަން ބިޓުވީން ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓްއާއި ރާޝްތްރިޔާ ރަކްޝާ ޔުނިވަރސިޓީއާ ދެމެދު އެކުލަވާލި އެއްބަސްވުން

- ކޮރަޕްޝަން މަދުކުރުމަށް ގުޅިގެން މަސައްކަތް ކުރުމަށް، އެންޓި ކޮރަޕްޝަން ކޮމިޝަނާއި ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން އޮފް އިންޑިއާ ފޯ ބައިލެޓްރަލް އާ ދެމެދު އެކުލަވާލި އެއްބަސްވުން

- ރާއްޖޭގެ 200 ޖުޑީޝަލް އޮފިސަރުން ތަމްރީންކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނާއި ނޭޝަނަލް ޖުޑީޝަލް އެކަޑަމީ އޮފް އިންޑިއާ ދެމެދު އެކުލަވާލި އެއްބަސްވުން

- އެކްސްޓެންޝަން އޮފް ދަ މެމޮރަމްޑަން އޮފް އަންޑަސްޓޭޏްޑިން ބިޓްވީން މޯލްޑިވްސް އެންޑް މިނިސްޓްރީ އޮފް ޔޫތު އެފެއާޒް އެންޑް ސްޕޯޓްސް އޮފް ދަ ރިޕަބްލިކް އޮފް އިންޑިއާ އޮން ކޯޕަރޭޝަން އިން ސްޕޯޓްސް އެންޑް ޔޫތު އެފެއާޒް.

ދެ ޤައުމުގެ ދެމެދު މި އެއްބަސްވުންތައް ބަދަލުކުރުމުގެ ރަސްމިއްޔާތުގައި ވަނީ ވިޝަން ޑޮކިއުމަންޓް ތަޢާރަފްކޮށް ހުރަވީ ޝިޕް އިފްތިތާހްކޮށްފައެވެ. އަދި ރުޕޭ ކާޑް ރާއްޖޭގައި ބޭނުންކުރުން އިފްތިތާހްކޮށްފައެވެ.