ޚަބަރު

މުރާލި ނަތީޖާ ނެރެދޭ މީހަކަށްވުމުގައި އިންސާނާގެ ނަފްސާނީ ޤާބިލުކަން ބޮޑު ދައުރެއް އަދާކުރޭ: ރައީސް


  • ރައީސް ވިދާޅުވީ ސަލާމަތް ސިއްޙަތުގެ ދެ ބައިކުޅަ އެއްބަޔަކީ ނަފްސާނީ ދުޅަހެޔޮކަންކަމަށް

  • ނަފްސާނީ ދުޅަހެޔޮކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ރައީސް އިލްތިމާސްކުރެއްވި

އުފެއްދުންތެރި މުރާލި ނަތީޖާ ނެރެދޭ މީހަކަށްވުމުގައި އިންސާނާގެ ނަފްސާނީ ޤާބިލުކަން ބޮޑު ދައުރެއް އަދާކުރާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤްވާމީ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ ތަޙްނިޔާ ފޮނުއްވާ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ސަލާމަތް ސިއްޙަތުގެ ދެ ބައިކުޅަ އެއްބަޔަކީ ނަފްސާނީ ދުޅަހެޔޮކަންކަމަށެވެ. އަދި އުފެއްދުންތެރި މުރާލި ނަތީޖާ ނެރެދޭ މީހަކަށްވުމުގައި އިންސާނާގެ ނަފްސާނީ ޤާބިލުކަން ބޮޑު ދައުރެއް އަދާކުރާކަމަށް ރައީސް ވިދާޅުވިއެވެ.

އެހެންކަމުން ނަފްސާނީ ދުޅަހެޔޮކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާވަނީ އިލްތިމާސްކުރައްވާފައެވެ.

ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހާ ގުޅުވައިގެން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ހުސައިން މުހައްމަދު ލަތީފުވެސްވަނީ ސޯޝަލް މީޑިއާގައި ޕޯސްޓެއް ހިއްސާ ކުރައްވާފައެވެ. ނައިބު ރައީސް ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވަނީ ނަފްސާނީ ދުޅަހެޔޮކަމަކީ އިންސާނީ ހައްޤެއްކަމަށެވެ.