ޚަބަރު

މައްސަލަ ހައްލުކޮށް ހޮނިހިރު ދުވަހު ދަތުރުތައް ފެށޭނެ: ރީޖަނަލް އެއަރޕޯޓްސް


  • ފަޔަރ ޓްރަކަށް ދިމާވި މައްސަލަ ހައްލުކުުރުމުގެ މަސައްކަތް ދަނީ ކުރަމުން

ށ. ފުނަދޫ އެއަރޕޯޓަށް ދިމާވި ޓެކްނިކަލް މައްސަލަ ހައްލުކޮށް ހޮނިހިރު ދުވަހު އަލުން ދަތުރުތައް ފެށޭނެކަމަށް އެއެއަރޕޯޓް ހިންގާ ރީޖަނަލް އެއަރޕޯޓްސްއިން ބުނެފިއެވެ.

ށ. ފުނަދޫއަށް މޯލްޑިވިއަނުން ބާއްވަމުންދާ ދަތުރުތައް މިއަދު މެދުކަނޑާލާފައިވާ ކަމަށް މޯލްޑިވިއަންއިން ވަނީ ބުނެފައެވެ. މޯލްޑިވިއަން އިން ބުނީ ފުނަދޫއަށް ކުރާ ދަތުރުތައް މެދުކަނޑާލީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ. ފްލައިޓް ކެންސަލްވުމުން ޓިކެޓް ރިބުކްކުރުމަށް އެއެއަރލައިނަށް ގުޅުމަށް މޯލްޑިވިއަން އިން ވަނީ އެދިފައެވެ.

މިކަމާ ގުޅޭގޮތުން ރީޖަނަލް އެއަޕޯޓްސްއިން ވިދާޅުވީ ފްލައިޓްތައް މެދުކަނޑާލާފައިވަނީ އެއަރޕޯޓްގައި އޮންނަ ފަޔަރ ޓްރަކަށް ދިމާވި މައްސަލައަކާ ގުޅިގެންކަމަށެވެ. އަދި އެމައްސަލަ ހައްލުކުރުމަށްޓަކައި މިހާރު މަސައްކަތް ކުރަމުންގެންދާކަމަށާއި މައްސަލަ ހައްލުކޮށް ހޮނިހިރު ދުވަހު ދަތުރުތައް ފެށޭނެކަމަށް ރީޖަނަލް އެއަޕޯޓްސްއިން ވިދާޅުވެއެވެ.

ފުނަދޫއަށް ދަތުރުތައް ކުރަނީ ހަމައެކަނި މޯލްޑިވިއަންއިންނެވެ. މޯލްޑިވިއަންއިން ފޮނަދޫއަށް ހަފްތާއަކު 3 ފްލައިޓް ބާއްވަމުންދެއެވެ.