ބިންވެރިޔާ ސްކީމްގެ މައްސަލާގައި އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ފަޒީލް ރަޝީދުގެ ފޯނު ހިފަހައްޓައިފިއެވެ.
ފުލުހުން ވިދާޅުވީ ފަޒީލް ރަޝީދުގެ ފޯނު ހިިފަހައްޓާފައިވަނީ ފުލުހުން ތަހުޤީޤުކުރަމުންދާ ބިންވެރިޔާ ހައުސިންގ ސްކީމާއި ގުޅުންހުރި މައްސަލާގައިކަމަށެވެ. އަދި އޭނާގެ ފޯނު ހިފެހެއްޓީ ކޯޓު އަމުރެއްގެ ދަށުން މިއަދުގެ ވަގުތެއްގައިކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ބިންވެރިޔާ ހައުސިންގ ސްކީމާއި ގުޅުންހުރި މައްސަލާގައި ފަޒީލް ރަޝީދު އަދާކުރަމުންދާ އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަޤާމުން ވަނީ ސަސްޕެންޑްވެސްކޮށްފައެވެ.