ޚަބަރު

ދ. ކުޑަހުވަދޫގައި ވިޔަފާރި ބަނދަރެއް ތަރައްޤީކުރުމުގެ މަސައްކަތް އެމްޕީއެލްއާ ހަވާލުކޮށްފި


  • ރައީސް ވިދާޅުވީ މި މަޝްރޫއު ހަޤީގަތަކަށް ހައްދަވައިދެއްވާނެކަމަށް

ދ. ކުޑަހުވަދޫގައި ވިޔަފާރި ބަނދަރެއް ތަރައްޤީކުރުމަށްޓަކައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑާއި ހަވާލުކުރައްވައިފިއެވެ.

މި މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އިޤްތިޞާދީ ތަރައްޤީއާ ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސައީދުއާއި އެމްޕީއެލްގެ ސީއީއޯ މުހައްމަދު ރިޝްވާންއެވެ.

ކުޑަހުވަދޫ ވިޔަފާރި ބަނދަރު ތަރައްޤީކުރުމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ އެރަށުގައި ވިޔަފާރި ބަނދަރެއް ތަރައްޤީކުުރުމުގެ ވާހަކައަކީ އަބަދުވެސް ދެކެވޭ ވާހަކައެއްކަމަށާއި ނަމަވެސް މިހާތަނަށްވެސް އެ މަޝްރޫޢު ޙަޤީގަތަކަށް ހެދުމަށް އެއްވެސް ސަރުކާރަކުން މަސައްކަތްކޮށްފައި ނެތްކަމަށެވެ.

ކުޑަހުވާދޫ ހިމެނޭ ސަރަޙައްދަށް ބަލާއިރު ޕޯޓް މަޝްރޫޢުއަކީ ވަރަށް މުހިއްމު މަޝްރޫޢުއެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މި މަޝްރޫއުގައި ސޮއިކުރުމާއެކުމި ދަޢުރުގެ ތެރޭގައި ވިޔަފާރި ބަނދަރުގެ މަސައްކަތް ނިންމާ އެކަން ހަޤީގަތަކަށް ހަދައިދެއްވާނެކަމަށެވެ. މީގެ އިތުރުން މި ބައްދަލުވުމުގައި ރައީސް ވަނީ މިއަހަރު ނިމުމުގެ ކުރިން ކުޑަހުވަދޫގައި ޑޮލަރު އޭޓީއެމްގެ ޚިދުމަތް ފައްޓަވާނޭކަމަށްވެސް ވިދާޅުވެފައެވެ.