މިއަހަރުގެ ރަމަޟާން މަހުގެ ކަރަންޓު ބިލުން ކޮންމެ ގޭބީސީއަކަށް މަދުވެގެން %10އާ ހަމައަށް ޑިސްކައުންޓު ލިބޭނެ ކަމަށް ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ.
ސްޓެލްކޯއިން ވަނީ ރަމަޟާން މަހަށް ވަމުންދާ ތައްޔާރީތަކާއި ބިލުތަކަށް ޑިސްކައުންޓު ދިނުމުގައި އަމަލުކުރާނެގޮތުގެ މައުލޫމާތު ނޫސްވެރިންނާ ހިއްސާކޮށްފައެވެ. އެގޮތުން ރޯދަމަހަށް ބިލް ތައްޔާރުކުރާނީ ވަކިން ކަމަށާއި، ރޯދަމަހަށް މާދަމާ ރީޑިން ނަގާނެ ކަމަށާއި، އަދި ރޯދައިގެ ފަހު ދުވަހު ރީޑިން ނެގުމަށްފަހު މުޅި މަހަށް ވަކި ހާއްސަ ބިލެއް ތައްޔާރުކުރުމަށް ނިންމާފައިވާ ކަަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ.
އަދި ޑިސްކައުންޓު ދިނުމުގައި އަމަލުކުރާނީ މިދިޔަ އަހަރެކޭވެސް އެގޮތަށް ކަމަށާއި، އެންމެ މަދުވެގެން %10އާ ހަމައަށް ޑިސްކައުންޓު ލިބޭނެ ކަމަށާއި ޑިސްކައުންޓު ދިނުމުގައި ބަލާނީ ފާއިތުވީ 1 އަހަރު ދުވަހު ކަރަންޓު ބޭނުންކޮށްފައިވާ މިންވަރަށް ކަމަށްވެސް ސްޓެލްކޯއިން ވިދާޅުވެއެވެ. އަދި އިތުރުވާ އަދަދަށް ޑިސްކައުންޓު ދޭން ކަމަށް އެކުންފުނިން ވިދާޅުވެއެވެ.
ކުރިއަށް އޮތް ރަމަޟާންމަހުވެސް ކަރަންޓު ބިލާއި ފެން ބިލުން ޑިސްކައުންޓް ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނީ ވިދާޅުވެއެވެ. ރޯދަ މަހު ބޭނުން ކުރާ ފެނާއި ކަރަންޓަށް އާންމު މަސްތަކަށްވުރެ ބިލް ބޮޑުނުވާނެހެން ބިލަށް ޑިސްކައުންޓު ދިނުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ ރޯދަމަހު ނިންމެވިއެވެ. މިއީ ރަމަޟާން މަހެއްގައި މިގޮތަށް ހުރިހާ ރައްޔިތުންނަށް ބިލުތަކުން ޑިސްކައުންޓު ދިން ފުރަތަމަ ފަހަރެވެ.
މިދިޔަ ރަމަޟާން މަހު ސަރުކާރުން ވަނީ ފެން ބިލާއި ކަރަންޓް ބިލުތަކަށް 142 މިލިއަން ރުފިޔާގެ ޑިސްކައުންޓެއް ދެއްވާފައެވެ.
ތަފްސީލް އަންނަނީ .........