ޚަބަރު

އިތުރު ކްރޫޒްލައިނެއް، މިފަހަރު 1274 ފަތުރުވެރިން!


  • މި ކްރޫޒްލައިން އައީ ލަންކާއިން

  • މިއީ މިމަހު ރާއްޖެ އައި ދެވަނަ ކްރޫޒްލައިން

ރާއްޖެއަށް އިތުރު ކްރޫޒްލައިނަރއެއް އައިއްސިއެވެ.

މިފަހަރު ރާއްޖެ އައިސްފައިވަނީ ސްރީލަންކާއަށް ނިސްބަތްވާ ކްރޫޒްލައިނަރއެކެވެ.

"އެމްއެސް ޒުއިޑަޑަމް" ކިޔާ މި ކްރޫޒްލައިނާއިން ރާއްޖެއަށް 1274 ފަތުރުވެރިނާއި 751 ކްރޫ މެންބަރުން ވަނީ އައިސްފައެވެ.

ސްރީލަންކާގެ ކްރޫޒްލައިނެއް ރާއްޖެ އައިސްފައިވާއިރު މިއީ މިމަހުގެ ތެރޭގައި ރާއްޖެ އައި 2 ވަނަ ކްރޫޒްލައިނަރއެވެ. ސޭޝެލްސްއިންވެސް ވަނީ މިމަހު ރާއްޖެއަށް ކްރޫޒްލައިނެއް އައިސްފައެވެ. އެ ކްރޫޒްލައިނުން 576 ފަތުރުވެރި ޒިޔާރަތްކުރިއެވެ.


ކްރޫޒްލައިންތަކުގެ މެދުގައި ރާއްޖޭގެ މަޤްބޫލުކަން ބޮޑުވެފައިވާއިރު ސަރުކާރުން މަސައްކަތް ކުރައްވަނީ ރާއްޖޭގެ ތިން ސަރަހައްދެއްގައި ކުރޫޒް ލައިނާތަކަށް ހާއްސަ ޖެޓީތަކެއް ތަރައްޤީކުރުމަށެވެ. މި ދާއިރާއިން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.

ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުވެސް ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. ފަތުރުވެރިކަމާބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 488،000 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ އައިސްފައެވެ.