ޚަބަރު

ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 1ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި


  • މިތަކެތީގެ ބަރުދަނުގައި 1097 ގުރާމު ހުރި

  • މިތަކެތި އަތުލައިގަނެފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން

ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 1 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގަނެފިއެވެ.

ކަސްޓަމްސް އިން ވިދާޅުވީ ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގައި 1097 ގުރާމު ހުރިކަމަށެވެ. އަތުލައިގަތް މިމަސްތުވާތަކެތި ފުރަތަމަ މަރުހަލާގައި ޓެސްޓް ކުރިއިރު މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކެނަބިސްއަށްވަނީ ޕޮޒިޓިވްވެފައިކަމަށް ކަސްޓަމްސްއިން ވިދާޅުވެއެވެ. އަދި މިތަކެތީގެ މަގުމަތީ އަގު 8 ލައްކަ ރުފިޔާއަށް އަރާކަމަށް ކަސްޓަމްސްއިން ވިދާޅުވެއެވެ.

މިތަކެތި އަތުލައިގެންފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުންކަމަށް ކަސްޓަމްސްއިން ވިދާޅުވެއެވެ.