ކުޅިވަރު

އޭއެފްސީ ޗެމްޕިއަންސް ލީގު: ކުއާޓާގައި އަލް ނަސްރާއި ޔޮކޮހާމާގެ ކުރިމަތިލުމެއް


އޭއެފްސީ އޭޝިއަން ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި އަންނަ މަހު ކްރިސްޓިއާނޯ ރޮނާލްޑޯގެ އަލް ނަސްރުން ޖަޕާނުގެ ޔޮކޮހާމާ އެފް މެރިނޯސްއާ ބައްދަލުކުރަން ޖެހިއްޖެއެވެ. މުބާރާތުގެ ގަދަ އަށެއް ކަށަވަރުވެފައިވާއިރު، އަނެއްކޮޅުން ކުއާޓާ ފައިނަލުގައި ދެކުނު ކޮރެއާގެ ގުވާންޖޫ އެފްސީ، ނިކުންނާނީ ސައުދީ ޕްރޯ ލީގުގެ ވަރުގަދަ އަލް ހިލާލްއާ ވާދަކުރުމަށެވެ.

އޭޝިއަން ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލުން ޖާގަ ހޯދާފައިވާ ސައުދީގެ ތިންވަނަ ޓީމަކީ އަލް އަހްލީއެވެ. މިޓީމުން ނުކުންނާނީ ތައިލެންޑްގެ ބުރިރާމް ޔުނައިޓެޑާ ދެކޮޅަށެވެ.

ސެންޓްރަލައިޒްކޮށް ކުރިއަށްދާ މި މުބާރާތުގެ ކުއާޓާ ފައިނަލުގެ ހަތަރު މެޗުވެސް ކުޅޭނީ ސައުދީ އަރަބިއްޔާގެ ޖިއްދާގައެވެ. އަދި މި މުބާރާތުގެ ސެމީގެ މެޗުތަކާއި ފައިނަލްމެޗުވެސް ބާއްވާގޮތަށް ތާވަލުކޮށްފަވަނީ ސައުދީ އަރަބިއްޔާގެ ބަނދަރުމަތީގެ މި ސިޓީގައެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން ހަތަރު ފަހަރު ހޯދާފައިވާ އަލް ހިލާލުން ގުވަންޖޫއަށް ދެކޮޅަށް ކުޅޭނީ ކުރިއަށް މިއޮތް އޭޕްރިލްމަހުގެ 25 ވަނަ ދުވަހުއެވެ.
މިދިޔަ އަހަރުގެ ރަނަރަޕްކަން ހޯދި ޔޮކޮހާމާ އެފް މެރިނޯސް އޭޕްރިލްމަހުގެ 26 ވަނަ ދުވަހު އަލްނަސްރު އާއި ދެކޮޅަށް ކުޅޭއިރު ހަމަ އެދަވަހު އަލް އަހްލީ ނުކުންނާނީ ބުރިރާމް ޔުނައިޓެޑާ ދެކޮޅަށެވެ.

ކުއާޓަރ ފައިނަލުގައި ޖަޕާނުގެ ކަވަސާކީ ޕްރޮންޓޭލް ގަތަރުގެ އަލް ސާދުއާ ދެކޮޅަށް ކުޅޭ މެޗު ތާވަލުކޮށްފަވަނީ އޭޕްރިލްމަހުގެ 27 ވަނަ ދުވަހަށެވެ.

އޭޝިއަން ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް މެޗުތައް އޭޕްރީލް މަހުގެ 29 އަދި 30 ވަނަ ދުވަހަށް ތާވަލުކޮށްފަވާއިރު، ފައިނަލް މެޗު އޮންނާނީ މޭމަހުގެ 3ވަނަ ދުވަހު ސައުދީ އަރަބިއްޔާގެ މައި ދަނޑުކަމަށްވާ ކިންގް އަބްދުالله ސްޕޯޓްސް ސިޓީގައެވެ. "ވިދާ ޖަވާހިރު"ގެ ނަމުން މަޝްހޫރުވެފައިވާ މި ތަނަކީ 2014 ވަނަ އަހަރު ހުޅުވުނު ދަނޑެކެވެ. މިއީ 62،345 (ފަސްދޮޅަސް ދެހާސް ތިންސަތޭކަ ސާޅީސް ފަހެއް) މީހުންގެ ޖާގައިގެ ދަނޑެކެވެ.