ޚަބަރު

ގިނަ އަދަދެއްގެ ބަނގުރާ ދަޅުތަކަކާއެކު 2 މީހަކު ހައްޔަރުކޮށްފި


  • ހައްޔަރުކޮށްފައިވަނީ 34 އަހަރުގެ ދެ ފިރިހެނުން

  • ބަލައިފާސްކުރިއިރު 72 ދަޅު ބަނގުރާ ފެނިފައިވޭ

ބަނގުރާ ދަޅުތަކެއް ގެންގުޅުނު މައްސަލައިގެ ތުހުމަތުގައި ހުޅުމާލެއިން ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ ނޭޕާލުގެ ރައްޔިތެއް ކަމަށްވާ، 34 އަހަރުގެ ޓަކް ބަހާދުރު ރިލަމީ، އާއި ބަންގުލަދޭޝްގެ ރައްޔިތެއް ކަމަށްވާ 34 އަހަރުގެ ބަހާރު އުދީންއެވެ.

މި ދެ މީހުންނަކީ ހުޅުމާލެ ފޭސް 1 ގެ ފުލުހުން ރޭ 22:00 ކަންހާއިރު ޕެޓްރޯލް ކުރަމުންދިޔައިރު، ރީތިގަސް މަގު ބުރިޖު ދަށުން ޑިންގީއަކުން ފޭބި ދެ މީހުންކަމަށެވެ. އަދި ފޮށިގަނޑެއް ހިފައިގެން ޑިންގީން މި ދެ މީހުން ފޭބި ވަގުތު ފުލުހުން ފެނުމުން އެ ތަނުން އެކަކު ފިލަން މަސައްކަތްކޮށްފައިކަމަށާއި މި ދެ މީހުން ހައްޔަރުކޮށް، އެ މީހުން ގެންގުޅުނު ފޮށިގަނޑު ބަލައިފާސްކުރިއިރު 72 ދަޅު ބަނގުރާ ފެނިފައިވައިކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.