ޚަބަރު

އާރްޑީސީއާއި އެސްޑީއެފްސީގެ ބޯޑުން ޝާމީ ވަކިކޮށްފި


  • މި ދެ މަޤާމުންވެސް އޭނާ ވަކިކޮށްފައިވަނީ މިމަހުގެ 27 ވަނަ ދުވަހު

  • އާރްޑީސީގެ ޗެއަރޕާސަނަކަށް ޝާމީ ޢައްޔަނުކުރީ 2024 ވަނަ އަހަރުގެ ޖަނަވަރީމަހު

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި، އެސް.އެމް.އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަންގެ ބޯޑުން މ. އެމޭޒަން މުޙައްމަދު ޝާމީ އާދަމް ވަކިކޮށްފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ވިދާޅުވީ، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ޗެއަރޕާސަންގެ މަޤާމުންނާއި އެކުންފުނީގެ ބޯޑުގެ މެމްބަރުކަމުން، އަދި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަންގެ ބޯޑުން މުޙައްމަދު ޝާމީ އާދަމް މިމަހުގެ 27 ވަނަ ދުވަހު ވަކިކޮށްފައިވާކަމަށެވެ.

އާރްޑީސީގެ ޗެއަރޕާސަންގެ މަޤާމަށް މުޙައްމަދު ޝާމީ އާދަމް ޢައްޔަނުކޮށްފައިވަނީ 2024 ވަނަ އަހަރުގެ ޖެނުއަރީމަހުގައެވެ. އަދި އޭނާއަކީ 2019 ވަނަ އަހަރުން ފެށިގެން އެސްޑީއެފްސީގެ ބޯޑުގައި ހިމެނިވަޑައިގެންނެވި ބޭފުޅެކެވެ.